އަވަށްޓެރި އިންޑިއާއިން ރާއްޖެ ހިފަން ނޫޅޭނެކަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމަށް އެނގިވަޑައިގަންނަވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި އިދިކޮޅުން ފަށާފައިވާ "އިންޑިއާ އައުޓު" ހަރަކާތާއި ގުޅުވައި، ޙަސަން މިއަދު ވިދާޅުވީ، ދިވެހީންގެ ތެރެއިން އެންމެ ގިނަ ރައްޔިތުން އެންމެ ގިނައިން ބޭސްފަރުވާއަށް ދާންޖެހިފައިވާ ގައުމަކީ އިންޑިއާ ކަމަށެވެ. އެހެންކަމުން އެ ގައުމާ ޖެހިގަނެގެން އުޅުނީމަ، ދިވެހީންނަށް ލިބޭ ދެރަ އިންތިހާއަށް ބޮޑުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޙަސަން ވިދާޅުވީ، އިންޑިއާއިން ރާއްޖެ ހިފަން ނޫޅޭކަމަށާއި އެކަން ރައީސް ޔާމީނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިޔަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ. ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް، އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

ދިވެހީންގެ ތެރެއިން ގިނަ ރައްޔިތުން އެންމެ ގިނައިން ބޭހަށް ދާން ޖެހިފައިވާ ޤައުމަކީ #india. އެޤައުމާ ޖެހިގަނެގެން އުޅުނީމާ ދިވެހީންނަށް ލިބޭ ދެރަ އިންތިހާއަށް ބޮޑު. އިންޑިޔާއިން ރާއްޖެ ހިފާކަށް ނޫޅެ. އެކަން ރ. ޔާމީނަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ.#baakeenuvey
— Hassan Latheef🎈 (@HassanLatheef) May 28, 2022
ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިޔަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ރިޔާސީ ގަރާރެއްވެސް ނެރުއްވާފައެވެ. ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް، އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީޕީއެމުން ވަނީ އެމައްސަލަވެސް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ކިޔުންތެރިންގެ ހިޔާލު