ދިވެހި ތާރިޚުގައި ރާއްޖޭގެ ރަށްތައް މާލީ ގޮތުން އެންމެ ބޮޑަށް ބާރުވެރިކުރުވީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙުގެ އިސްނެންގެވުމުގެ މަތިން ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ތަކުގެ މެމްބަރުން ބައިވެރިވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މިއަދު ވަނީ ފަށާފައެވެ. އއ. ޢުކުޅަހުގައި މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން އެރަށުގައި ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ތާރިޚުގައި ވެސް ރަށްތައް އެންމެ ބޮޑަށް މާލީ ގޮތުން ބާރުވެރިކުރުވި އަދި ކުރަމުންދާ ސަރުކާރަކީ ރައީސް ސާލިޙުގެ ސަރުކާރު ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ދީފައިވާ ބަޖެޓުގެ ޖުމުލަ 500 މިލިއަނަށްވެސް ނާރާ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުގެ މި ޙާލަތުގައި އާމްދަނީ އެންމެ ދަށްވެގެން ދިޔައިރުވެސް 1.6 ބިލިއަނެއްހާ ރުފިޔާ ކައުންސިލުތަކަށް ދޫކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން މުހިއްމުކަން ދޭ މިންވަރު އެ އަދަދުތަކުން ފެންނާނެކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި، އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ޖަމާކޮށްދިނުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2018 ވަނަ އަހަރު ކުލީގެ ގޮތުގައި ޖަމާ ކުރަން ނިންމާފައި އޮތީ 17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސް ސާލިޙުގެ ނިންމެވުމާއެކު އެ އަދަދު 34 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއެކު ސަރުކާރުން ވަނީ ގިނަ ބާރުތަކެއް ކައުންސިލު ތަކަށް ދީފައެވެ. އޭގެތެރޭގައި ވިޔަފާރި ކުރުމާއި ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރިކަން ރަށު ކައުންސިލަށް ލިބޭ ގޮތަށް ބަދަލުކޮށް އެ ވަސީލަތްތަކުން ހޯދާ އާމްދަނީ އެ ރަށަކަށް ލިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

#ViavathiRaajje ކޮންފަރެންސް - ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ތާރީޚުގައިވެސް ރަށްތަކަށް މާލީގޮތުން އެންމެ ބޮޑަށް ބާރުވެރިކުރުވި އަދި ކުރުވަމުންދާ ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު. pic.twitter.com/AwKJYUK5Yh
— Ibrahim Ameer (@iameeru) May 28, 2022
މިނިސްޓަރު އަމީރު ވިދާޅުވީ މީގެ ކުރިން ކައުންސިލްތަކަށް ދީފައިވާ ބަޖެޓުގެ ޖުމުލަ 500 މިލިއަނަށްވެސް ނާރާ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑުގެ މި ޙާލަތުގައި އާމްދަނީ އެންމެ ދަށްވެގެން ދިޔައިރުވެސް 1.6 ބިލިއަނެއްހާ ރުފިޔާ ކައުންސިލުތަކަށް ދޫކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން މުހިއްމުކަން ދޭ މިންވަރު އެ އަދަދުތަކުން ފެންނާނެކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި، އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް އެއްކޮށް ޖަމާކޮށްދިނުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2018 ވަނަ އަހަރު ކުލީގެ ގޮތުގައި ޖަމާ ކުރަން ނިންމާފައި އޮތީ 17 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ރައީސް ސާލިޙުގެ ނިންމެވުމާއެކު އެ އަދަދު 34 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއެކު ސަރުކާރުން ވަނީ ގިނަ ބާރުތަކެއް ކައުންސިލު ތަކަށް ދީފައެވެ. އޭގެތެރޭގައި ވިޔަފާރި ކުރުމާއި ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރިކަން ރަށު ކައުންސިލަށް ލިބޭ ގޮތަށް ބަދަލުކޮށް އެ ވަސީލަތްތަކުން ހޯދާ އާމްދަނީ އެ ރަށަކަށް ލިބޭގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ހިޔާލު