ގްރީންޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އަންނަ އަހަރުންފެށިގެން ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އއ އުކުޅަހުގައި މިހާރު ކުރިއަށްދާ، ވިއަވަތި ރާއްޖޭ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، ގްރީން ޓެކުހުގެ ގޮތުގައި މިހާރު ލިބެމުން އަންނަ އާމްދަނީ އަންނަ އަހަރުން ފެށިގެން ބަޖެޓުގައި ހިމަނައި ކައުންސިލްތަކަށް ދިނުމަށް ނިއްމާފައިވާ ކަމަށެވެ. އެފައިސާ ދެނީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމަށް ޝައުނާ ވިދާޅުވިއެވެ.

2016 ވަނަ އަހަރުން ފެށިގެން ގުރީންޓެކްސްގެ ގޮތުގައި ރިޒޯޓު ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ރެއަކަށް 6 ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން 3 ޑޮލަރު އަންނަނީ ނަގަމުންނެެވެ. އެފައިސާ ސަރުކާރުން ބޭނުންކުރަނީ ތިމާވެއްޓާއި ގުޅޭ، އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ކުނި މެނޭޖު ކުރުމުގެ މަސައްކަތްތަކަށް ޚަރަދުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު