އާންމުންގެ ވިޔަފާރިތައް ހަލާކުވެގެން ދާނެ ފަދަ ވިޔަފާރިތައް ކައުންސިލްތަކުން ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ކުރިއަށްދާ 'ވިޔަވެތި ރާއްޖެ' މަހާސިންތާގައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކައުންސިލްތަކުން ވިޔަފާރި ކުރުމަށް ކުންފުނިތައް ހެދުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލާއިރު ކައުންސިލްތަކުން އަމާޒު ހިފަންވީ ރިސްކު ބޮޑު ވިޔަފާރިތަކަށް ވަނުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އާންމުންގެ ވިޔަފާރިތައް ހަލާކުވެގެން ދާނެ ފަދަ ވިޔަފާރިތައް ކައުންސިލްތަކުން ކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އެކުލަވާލައި ގެޒެޓް ކުރި ކައުންސިލްތަކުގެ ވިޔަފާރި ގަވައިދު މި ފަހުން އަލުން އިސްލާހު ކުރީ، އޭގައި ބައިވަރު މައްސަލަތައް ހުރުމުން އެ ކަންކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.
މި މަހު 18ގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތައް ކަނޑައަޅައި 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވާއިދަށް' އިސްލާހު ގެނެސް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކައުންސިލުތަކުން ވަނީ ވިޔަފާރި ފެށުމަށް ސަރުކާރުން އިންވެސްޓް ކޮށްދިނުމަށް އެދިފައެވެ. ބ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެމްބަރުންނާ އެކު ޖުމްލަ 124 ބޭފުޅުން ބައިވެރިވި މި ކޮންފަރެންސްގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ސީދާ ދައުލަތުގެ ބަޖެޓުން އެކަމަށް ޚަރަދުކުރަން ދަތިތަކެެއް އެބަހުރި ކަމަށެވެ.
"އެކަމަކު ގޮތްތަކެއް ހޯދިދާނެ. ހޯދާފައި، ކައުންސިލްތަކަށް އިންވެސްޓް ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް ހޯދިދާނެ،" ރައީސް ސާލިޙު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު