އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިޔާ އައުޓު" ކެމްޕޭންގެ ދަށުން މިރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތުގެ ތެރެއިން މިރޭ ހުޅުމާލޭގައި ބޭއްވި އެއްވުމުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ދެ އަންހެނުންނާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އިންޑިޔާ އައުޓް ހަރަކާތުގައި މާލޭގައި މީގެ ކުރިން ބޭއްވި މުޒާހަރާތަކުގައިވެސް ފުލުހުން ބައެއް މީހުުން ހައްޔަރުކުރި ނަމަވެސް ކޯޓަށް ނުގެންގޮސް ގިނަ މީހުން ދޫކޮށްލަނީއެެވެ.

އިންޑިޔާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގައި އިންޑިޔާ ސިފައިން ގާއިމުވެ ތިބޭ ކަމަށްބުނެ އެ މީހުން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރަކާތެކެެވެ. ނަމަވެސް އެކަމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީން ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގަވާފައެވެ. ރައީސްގެ އެންގުން ތަންފީޒު ކޮށް ފުލުހުން ގެންދަނީ އެހަރަކާތް ހުއްޓުވަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު