ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ނުނިމި ގިނަދުވަސްވެފައި ހުރި މައްސަލަތައް ނިންމުމަށްޓަކައި މިހާރު ކޯޓުގައި މައްސަލަތައް ތާވަލް ކުރަމުންގެންދާ ވަގުތު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ކޯޓުގައި ޢާއްމުކޮށް މައްސަލަތައް ތާވަލުކުރަމުންދާ ވަގުތުގެ އިތުރުން މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށް މައްސަލަ ތާވަލްކުރުމަށް ހަމަޖެހިފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކްރިމިނަލް ކޯޓުން ބުނީ މިމައްސަލަތައް ނިންމުމަށްޓަކައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަކަށްކަމަށެވެ.

ކްރިމިނަލް ކޯޓުން މަސައްކަތް އަވަސްކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ކޯޓުގައި ނުނިމި ހުރި މަައްސަލަތައް ބަަލައި ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށާއި، ޖޭއެސްސީން މީގެކުރިން ބުނެފައިވަނިކޮށެވެ.

ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު އެވްރެޖްކޮށް 900އެއްހާ މައްސަލަ ކޯޓަށް ހުށަހަޅައެވެ.



ކިޔުންތެރިންގެ ހިޔާލު