ބ. ހިތާދޫގައި މީގެ 28 އަހަރު ކުރިން ބޭނުންކުރަމުން އައި ބައު އިންޖީނުގެއިން ކަރަންޓް ދިނުން ހުއްޓާލައި، ޒަމާނީ އައު އިންޖީނުގެއިން ކަރަންޓް ދޭންް ފަށައިފިއެވެ.
ބ. އަތޮޅު ހިތާދޫގައި ސަރުކާރުން ތަރައްޤީކުރި އައު އިންޖީނުގެއިން އިއްޔެ ވަނީ ކަރަންޓް ފޯރުކޮށްދޭން ފަށާފައެވެ.
ހިތާދޫގައި ހަދާފައިވާ އައު އިންޖީނުގެއިން މިހާރު ކަރަންޓް ފޯރުކޮށްދެނީ އެރަށަަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ އަހަރު ސަރުކާރުން އެރަށަށް ފޮނުވި 400 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓެއް މެދުވެރިކޮށެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ހިތާދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްސަން އަޙްމަދު ވިދާޅުވީ ކުރީގެ އިންޖީނުގެއިން އިވެމުން ދިޔަ އަޑު މިހާރު ކަނޑާލާފައިވާކަމަށެވެ. އަހްސަން ވިދާޅުވީ ކުރީގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އޭގެ ދަށުން މި ވަގުތައް ބަދަލު ކުރާނީ މިހާރު ޙިދުމަތް ދެމުންދާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު އެކަނިކަމަށެވެ.
އައު އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވަނީ ސަރުކާރުން އެރަށުގެ ކޭބަލް ނެޓްވޯކްވެސް ބަދަލުކުރުމަށްފަހުގައެވެ. މިހާރު އެރަށު ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންވެ، ރައްކާތެރިކަންވެސް ކަށަވަރު ވެގެން ދިޔައީއެވެ.

ބ. ހިތާދޫގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން. pic.twitter.com/ttu8TyNOIg
— Fenaka Corporation Ltd (@TeamFenaka) May 28, 2022
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން ހިތާދޫ ފެނަކަ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ އަޙްސަން އަޙްމަދު ވިދާޅުވީ ކުރީގެ އިންޖީނުގެއިން އިވެމުން ދިޔަ އަޑު މިހާރު ކަނޑާލާފައިވާކަމަށެވެ. އަހްސަން ވިދާޅުވީ ކުރީގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާ އޭގެ ދަށުން މި ވަގުތައް ބަދަލު ކުރާނީ މިހާރު ޙިދުމަތް ދެމުންދާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު އެކަނިކަމަށެވެ.
އައު އިންޖީނުގެއިން ކަރަންޓް ފޯރުކޮށްދޭން ފަށާފައިވަނީ ސަރުކާރުން އެރަށުގެ ކޭބަލް ނެޓްވޯކްވެސް ބަދަލުކުރުމަށްފަހުގައެވެ. މިހާރު އެރަށު ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަގީންވެ، ރައްކާތެރިކަންވެސް ކަށަވަރު ވެގެން ދިޔައީއެވެ.
ކިޔުންތެރިންގެ ހިޔާލު