ރީސައިކަލް ކުރެވޭ ކުނިތައް ވަކިކުރުމަށް އަޅާނެ ޑަސްބިންތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން ފަށައިފިއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫޢުގެ ދަށުން 3 ފިޔަވައްސަކަށް ބަހާލައިގެން 345 ޑަސްބިން ބަހައްޓާނެކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 41 ޑަސްބިން، ދެވަނަ ފިޔަވަހީގައި 108 ޑަސްބިން އަދި ތިންވަނަ ފިޔަވަހީގައި 196 ޑަސްބިން ބަހައްޓާނެކަމަށް އެޗްޑީސީން ވިދާޅުވެއެެވެ. އަދި މި ޑަސްބިންތައް ފަރުމާކޮށްފައިވަނީ ރީސައިކަލް ކުރެވޭނެ ކުނިތައް ވަކިން އެޅޭނެ ގޮތަކަށްކަމަށް އެޗްޑީސީން ބުނެއެވެ.
ކުރިއަށްއޮތް ޖޫން މަހުން ފެށިގެން މާލެ ސަރަޙައްދުގެ ގޭބީސީތަކުން އުފައްދާ ކުނި ވަކިކުރުމަށްފަހު ނެރުމަށް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައެވެ. މީގެކުރިން ކުނިތައް ވަކިކުރަމުން އަންނަނީ ވެމްކޯގެ މުވައްޒަފުން އެތަކެތި ތިލަފުއްޓަށް ގެންގޮސްގެންނެވެ.

ހުޅުމާލޭގެ ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަން ދެމެހެއްޓުމަށް، 3 ފިޔަވައްސަކަށް ބަހާލައިގެން 345 ޑަސްބިން ބެހެއްޓުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން.
— HDC (@hdcmaldives) May 28, 2022
މި ޑަސްބިންތައް ފަރުމާ ކުރެވިފައިވަނީ ރީސައިކަލް ކުރެވޭނެ ކުނިތަށް ވަކިން އެޅޭނެ ގޮތަށް! #SaafuHulhumalé pic.twitter.com/r98QKBmRhv
ކުރިއަށްއޮތް ޖޫން މަހުން ފެށިގެން މާލެ ސަރަޙައްދުގެ ގޭބީސީތަކުން އުފައްދާ ކުނި ވަކިކުރުމަށްފަހު ނެރުމަށް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާފައެވެ. މީގެކުރިން ކުނިތައް ވަކިކުރަމުން އަންނަނީ ވެމްކޯގެ މުވައްޒަފުން އެތަކެތި ތިލަފުއްޓަށް ގެންގޮސްގެންނެވެ.
ކިޔުންތެރިންގެ ހިޔާލު