އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ސަސްޕެންޑްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ވިދާޅެއްނުވެއެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑްކޮށްފައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.
މީގެކުރިންވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން މިފަދަ މައްސަލަތައް ފެނުމުން ވަނީ ސަސްޕެންޑްކޮށް، މަޤާމުތަކުންވެސް ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު