ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ތުރުކީވިލާތުގެ ކަމާއި ބެހޭ ފަރާތްތަކާއެކު އިސްލާމިކް މިނިސްޓަރ އަލީ ޒާހިރު މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުން އޮތީ ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ މައި މަރުކަޒުގައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މިބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ޕްރޮފެސަރ ޑރ. އަރްބާސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުވެ ވަޑައިގެންނެވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އަދި ދެމުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. ޢަލީ އަރްބާސްއަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ދަޢުވަތު ދެއްވާފައެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އިންސާނީ ވަސީލަތާއި އެހެނިހެން ގާބިލްކަން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވާހަކަދެކެވިފައިވެއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގައި ވަޤުފް، ޒަކާތް އަދި ޙަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު