ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ތަރައްޤީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ ދެދުވަހުގެ ނިޔަލަށް އުކުޅަހުގައި ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ކަންކަމާއި ގުޅިގެން ރާއްޖެއަށް ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އަދި މިދިޔަ ދެ އަހަރެއްހާ ދުވަހު ރާއްޖެ ތަހައްމަލު ކުރީ ވަރަށް އުނދަގޫ އަދި ގޮންޖެހުން ބޮޑު ދުވަސްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ ރަނގަޅު މިސްރާބަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ދަތިކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ފެށުމަކީ މުޅި ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ރިޔާއަތްކުރުމަށްފަހު ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ތަރައްޤީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިޤްތިޞާދީ ދަތިކަން ވީހާވެސް ކުޑަކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
"ގޮދަނާއި ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެޤައުމުގެ ތެރޭގައި ހިމެނޭ ދެޤައުމު. އެދެޤައުމުން އެއްޗިއްސެއް ބޭރެއް ނުކުރެވޭ. މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ބަޖެޓްކޮށްފައި ހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދު ކުރަން އެބަޖެހޭ" ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަވަތި ކޮންފަރެންސަކީ ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތަކުގެ އަޑު އަހައި، ހައްލު ހޯދުމަށް ބޭއްވި ކާމިޔާބު ކޮންފަރެންސެއް ކަމުގައެވެ.
2 ދުވަހުގެ މުއްދަތަށް އއ.އުކުޅަހުގައި ބޭއްވި ވިއަވަތި ކޮންފަރެންސް ވަނީ މިއަދު ނިންމާލާފައެވެ. މި ކޮންފަރެންސްގައި މެދުރާއްޖެތެރެއަށް ނިސްބަތްވާ އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު