އިޒްރޭލުގެ ދިދަ ހިފައިގެން އަގްސާ މިސްކިތަށް ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީ އެކަން މުޅި އިސްލާމީ އުއްމަތް ކުށްވެރިކުރަންޖެހޭ ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ދިދަ ހިފައިގެން އަގްސާ މިސްކިތަށް ޔަހޫދީންގެ ބަޔަކު މިއަދު ވަދެ އެ މިސްކިތުގެ ހުރުމަތް ވަނީ ކަނޑާލާފައެވެ. އެކަމާ ގުޅިގެން ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ އަގްސާ މިސްކިތުގެ ދިފާއުގައި މުޅި އިސްލާމީ އުއްމަތް ތެދުވަންޖެހޭ ކަމަށެވެ. އަދި އިޒްރޭލުގެ ދިދަ ހިފައިގެން އަގްސާ މިސްކިތަށް ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލާފައިވާތީ އެކަން މުޅި އިސްލާމީ އުއްމަތް ކުށްވެރިކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

" މާތް

"އިރާދަކުރެއްވިއްޔާ ހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓުންގެ އަނިޔާ ނިމުމަކަށް އަންނާނެ." ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި އަބަދުވެސް އަޑުއުފުއްލަވަމުން ގެންދަވާ ޑރ. ޝަހީމް ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހުވެސް ހައްދު ފަހަނައަޅާފައިވާ އިޒްރޭލުގެ ސިފައިން ވަނީ އަގްސާ މިސްކިތަށް ވަދެ އެ މިސްކިތުގައި ނަމާދު ކުރަން ތިބި މީހުންނަށް ހަމަލާދީ އެ މިސްކިތުގެ ހުރުމަތް ކަނޑާލާފައެވެ.

އެކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

މަސްޖިދުލް އަގުސާއަކީ ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިޒްރާއީލުން އަތްތްގަދަކޮށްގެން އުޅޭ މުސްލިމުންގެ މުގައްދަސް އެއް ބިނާއެވެ. އެ މިސްކިތް ހިސާރުކޮށްގެން އުޅޭ އިޒްރާއީލުގެ ސިފައިން ގެންދަނީ އެ މިސްކިތް މުސްލިމުން ބޭނުންކޮށް ނަމާދު ކުރުމަށް ވެސް ހުރަސް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު