މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް ލިބޭ ދަރިވަރުނަށާއި ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ ސްޓަރ" ހާޞިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް މަދަރުސާއަކުން ޝަހާދާސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓަރ" ހާޞިލުކޮށްފައިވާ ދަރިވަރުންނަށްވެސް މިސްކޮލަޝިޕަށް ނަން ހުށަހެޅޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ދޭނެއެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ޝަރުތަކީ ޖީ.ސީ.ސީ އޭ ލެވެލްގެ 3 މާއްދާއިންނާއި އެޗް.އެސް.ސީ ގެ ދިވެހި، އިސްލާމް މި ދެމާއްދާއިން "އޭ" ފާސް ހާޞިލްކުރުމެވެ. މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ތައުލީމީ ޖީލެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަތީ ތައުލީމަށް ހިލޭ ކިޔެވުމުގެ ފުރުސަތު ވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު