ގާނޫނާއި ހިލާފުކަމެއް ކޮށްފައި ނޯންނާނެކަމަށް މަގާމުން ސަސްޕެންޑް ކުރި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފައި ވާކަމަށް ސަރުކާރުން ބުނުމާއި ގުޅިގެންނެވެ.
"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ސަސްޕެންޑްކޮށްފައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ. މިކަމާއި ގުޅޭގޮތުން ރިޔާޒު ވިދާޅުވީ ބަލަމުންދާ މައްސަލައެއްގައި ގޭގައި މަޑުކޮށްލުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަންގަވާފައިވާކަމަށެވެ. އަދި މިއަދާއި ހަމަޔަށް ސަރުކާރުގެ އެއްވެސް ފަރާތަކުން އޭނާއާއި ސުވާލެއްވެސް ކޮށްފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އަބުރު ކަތިނުލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ވެސް އަދި ނުބުނެއެވެ.
ތުހުމަތު ކުރެވޭ މައްސަލައާއި ބެހޭގޮތުން އެއްވެސް އިދާރާއަކުން ސުވާލު ނުކުރާ ކަމަށް ރިޔާޒު ވިދާޅުވެފައިވާއިރު ސަރުކާރުގެ ޒިންމާދާރު މުވައްޒަފެއްގެ އެފަދަ ހައްސާސް މައްސަލައެއް ބަލާނަމަ އާންމުކޮށް ފުރަތަމަ އަޅާ ފިޔަވަޅަކީ އެމުވައްޒަފު މަގާމުން ސަސްޕެންޑް ކުރުމެވެ.
މީގެކުރިންވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން މިފަދަ މައްސަލަތައް ފެނުމުން ވަނީ ސަސްޕެންޑްކޮށް، މަޤާމުތަކުންވެސް ދުރުކޮށްފައެވެ.

ބަލަމުންދާ މައްސަލައެއްގަ ގޭގަ މަޑުކޮށްލުމަށް ޗީފްއޮފްސްޓާފް އަންގަވާފަވޭ. މިއަދާއި ހަމަޔަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ސުވާލުކޮށްފަނުވޭ. ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއްކޮށްފަނުވާނެކަން ރައްޔިތުންނަށް ޔަޤީންކަން އަރުވަން. ސިޔާސީ ބޭނުމަށް އަބުރުކަތިނުލުމަށް އެދެން.
— Ahmed Riyaz (@Riyaz971967) May 29, 2022
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑްކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ރައީސް އޮފީހަކުން ވެސް އަދި ނުބުނެއެވެ.
ތުހުމަތު ކުރެވޭ މައްސަލައާއި ބެހޭގޮތުން އެއްވެސް އިދާރާއަކުން ސުވާލު ނުކުރާ ކަމަށް ރިޔާޒު ވިދާޅުވެފައިވާއިރު ސަރުކާރުގެ ޒިންމާދާރު މުވައްޒަފެއްގެ އެފަދަ ހައްސާސް މައްސަލައެއް ބަލާނަމަ އާންމުކޮށް ފުރަތަމަ އަޅާ ފިޔަވަޅަކީ އެމުވައްޒަފު މަގާމުން ސަސްޕެންޑް ކުރުމެވެ.
މީގެކުރިންވެސް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން މިފަދަ މައްސަލަތައް ފެނުމުން ވަނީ ސަސްޕެންޑްކޮށް، މަޤާމުތަކުންވެސް ދުރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު