ބޮމުގެ ހަމަލާގެ ޝަރީއަތާމެދު އަމަލުކުރަނީ ފަރުވާކުޑަކޮށްކަމަށް ރައީސް ނަޝީދުގެ ވަކީލުން ތުހުމަތުކޮށްފިއެވެ.
ރައީސް ނަޝީދުގެ ވަކީލުން މިގޮތަށް ތުހުމަތުކޮށްފައި މިވަނީ 6 މޭގެ ބޮމުގެ ހަމަލާގެ ޝަރީއަތް މިއަދަށް ތާވަލުކުރުމަށްފަހު މޫސުން ގޯސްވެގެންކަމަށް ބުނެ ކެންސަލް ކުރުމުންނެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތަށް ހާޒިރުކުރަން ޖެހޭ މީހުން ކަރެކްޝަނަލް ސާވިހުން މިއަދު ކޯޓަށް ހާޒިރުކޮށްފައި ނުވާތީ، އެކަން ކުށްވެރި ކޮށްފައެވެ.
ބަޔާނުގައި ބުނީ މޫސުން ގޯސްވެގެން ޝަރީއަތަށް މީހުން ހާޒިރު ނުކުރެވުނުއިރު، މޫސުން ގޯސްވީ ހަމައެކަނި މިއަދު ނޫންކަމަށެވެ. އަދި މޫސުން ގޯސްކަން އެނގޭނަމަ އޭގެ ކުރީ ދުވަހު ޝަރީއަތަށް ހާޒިރުކުރަންޖެހޭ މީހުން މާލެ ގެނެސް، މާލޭގެ ޖަލެއްގައި ބޭތިއްބުމުގެ ފުރުސަތު ކަރެކްޝަނަލް ސާވީހަށް އޮންނާނެކަމަށެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ބަޔާނުގައި ޝަރީއަތްތައް އޮންނާނެ ދުވަސްތައް ކޯޓުން މާކުރިން ކަނޑައަޅާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައިގައި މުއައްސަސާތަކުން އިހުމާލުވާކަމުގެ ޝަކުވާތައް ކެނޑިނޭޅި ކުރަމުންދާއިރު، އެފަދަ ޝަކުވާއަކަށް ބެލުމެއް ނެތި، ހޯމް މިނިސްޓްރީންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިހުން، މި ކަމުގެ ޙައިސިއްޔަތު ދެނެނުގަނެ ފަރުވާކުޑަ ކުރާކަމަށްވެސް ރައީސް ނަޝީދުގެ ވަކީލުން ތުހުމަތުކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޖަލުގައި ތިބި ދައުވާ ލިބޭ މީހުން ކަނޑުގަދަވެ ދަތުރުކުރުމަށް ދަތިވުމުން ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި މިއަދު ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޓުން ބުނެފައި ވެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ، ބޮން ގޮއްވާލި އަދުހަމް ރަޝީދަށް އެކަންޏެވެ. އޭނާގެ މައްސަލަ އަވަހަށް ނިމުނީ، އޭނާ ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތްތައް ކުރިއަށްދާއިރު، ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

Our press statement on cancellation of today’s hearing pic.twitter.com/4aKJQIQVPI
— Nazim Sattar (@nazimsat) May 30, 2022
ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޖަލުގައި ތިބި ދައުވާ ލިބޭ މީހުން ކަނޑުގަދަވެ ދަތުރުކުރުމަށް ދަތިވުމުން ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށެވެ. އަދި މިއަދު ކެންސަލްވި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ކޯޓުން ބުނެފައި ވެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ، ބޮން ގޮއްވާލި އަދުހަމް ރަޝީދަށް އެކަންޏެވެ. އޭނާގެ މައްސަލަ އަވަހަށް ނިމުނީ، އޭނާ ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތްތައް ކުރިއަށްދާއިރު، ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު