ވިސްނުމަކީ ލައިސަންސު ބާތިލު ނުކޮށް، ކުލި ނުދައްކާ މައްސަލަ ހައްލުކުރުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު އެކަމާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރިސޯޓްތަކުން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށާއި، އަދި ފައިސާ ނުލިބިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށެވެ.



މިނިސްްޓަރ މައުސޫމް ވިދާޅުވީ މިހާރުވެސް ކުލި ނުދައްކާ 18 ރަށަކަށް ނޯޓިސް ފޮނުވާފައިވާކަމަށެވެ. ނަމަވެސް ކުލި ނުދައްކާ ރިސޯޓްތަކުގެ ލައިސަންސް ބާތިލުކުރުމުގެ ވިސްނުމެއް ނެތްކަމަށާއި، ލައިސަންސް ބާތިލު ކުރަން ފަށައިފިނަމަ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ މުޅި އިގްތިސާދަށް ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ ލައިސަންސު ބާތިލު ނުކޮށް، ކުލި ނުދައްކާ މައްސަލަ ހައްލު ކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ ތަންތަނާ (ރިސޯޓްތަކާއި) މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަގެންދަން." މައުސޫމް ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުދިޔާއެއް ދައުލަތަށް ލިބިފައެއް ނުވެއެވެ. އަދި އެކަމާއި ގުޅިގެން މިދިޔަ ހަފުތާގައި މީރާއިން ވަނީ ބިމު ކުލި ނުދައްކާ 12 ރިސޯޓެއްގެ ނަން ހާމަކޮށް، ބޭޒާރުކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު