ހައިކޯޓުން ހުކުމް ކުރިޔަސް ފުލުހުން ނެގި އިންޑިއާ އައުޓް ބެނާތައް ވަގުތުން ހަވާލުކުރެވެން ނެތްކަމަށް ފުލުހުން ބުނެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
ފުލުހުން ނެގި ބެނާތައް ހޯދަން ފުލުސް އޮފީހަށް ދިއުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަދި ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވީ ކޯޓުން ހުކުމް ކުރިނަމަވެސް ބެނާތައް ހަވާލުކުރުމުގެ ކަންކަމުގައި ގޮތް ނިންމާނީ އެކަމާއި ގުޅޭ ޑިޕާޓްމަންޓްތަކުން ކަމަށް ފުލުހުން އެންގިކަމުގައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިންޑިއާ އައުޓް ބެނާތަކަކީ 75 ހާސް ރުފިޔާއަށްވުރެ އަގުބޮޑު ޕާޓީގެ މުދާކަމަށާއި، އެތަކެތި ފުލުހުން ނައްތާލާފައިވާކަމަށް ބެލެވޭ ކަމަށެވެެ.
"ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާގެ އަގުވެސް ދޮޅު ލައްކަ ރުފިޔާއަށް އަރާނެ." އަދުރޭ ވިދާޅުވިއެވެ.
ބެނާތައް ހޯދަން އިދިކޮޅު ފަރާތްތަކުން ފުލުސް އޮފީހަށް ދިޔައީ ރައީސް ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާއި ހިލާފު ބާތިލު އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުންނެވެ.
މިމައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ގެކޮޅުގައި ދެމި ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނާ ހިލާފަށް، ކޯޓުން އެފަދަ އަމުރެއް ނެރެދިނުމުގައި ބަލަން ޖެހޭ ކަންކަމަށް ނުބަލާކަމަށެވެ. އެގޮތުން އަމުރު ދިނުމަށް ފަނޑިޔާރު ނިންމެވި ނިންމުމަށް ވާސިލްވި ގާނޫނީ ސަބަބެއް ބަޔާންކޮށްފައި ނެތްކަމަށާއި، ހަމައެކަނި ފަނޑިޔާރު ގަބޫލު ކުރާ ގޮތް ކޯޓު އަމުރުގައި ލިޔެގެން ނުފެދޭނެކަމަށެވެ. އަދި އަމުރު ނެރުނު ސަބަބު ސާފުކޮށްދީފައިނުވާނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ވެސް ނޫންކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.
ހައިކޯޓުގެ ހުކުމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މިމައްސަލަ އިސްތިއުނާފް ކުރުމާއި މެދު ޕީޖީވެސް ވާހަކަދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު