ފުވައްމުލަކުގައި، ތެޔޮ ހުސްކޮށްފައި އޮތް ޓޭންކެއްގައި ރޯވެ، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުވައްމުލަކު ދޫނޑިގަން އަވަށް ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ސައިޓްގައި އޮތް ތެޔޮ ހުސްކޮށްފައި އޮތް ޓޭންކެއްގައި މިއަދު ހަވީރު އަލިފާން ރޯވީ ބާ ދަގަނޑު ގަންނަ ބަޔަކު އެ ޓޭންކް ކަފަން އުޅުމުގެ ތެރޭގައެވެ.

ޓޭންކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ ތެޔޮ ޓޭންކުގައި އަލިފާން ރޯވެ ހިނގި މިހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މޭޔަރު ވިދާޅުވިއެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ގޭސް ކަޓަރު ބޭނުންކޮށްގެން ޓޭންކު ކެފުމުގެ މަސައްކަތް ކުރަންް އުޅުމުގެ ތެރޭގައި ކަމަށެވެ. ފުލުހުން ގެންދަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު