މާތް ވެގެންވާ އަގްސާ މިސްކިތަށް އިޒްރޭލްގެ ދިދަ ހިފައިގެން ތިބި ބަޔަކު ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުށްވެރިކުރައްވައިފިއެވެ.
ހައްދު ފަހަނައަަޅާފައިވާ އިޒްރޭލްގެ ޔަހޫދީންގެ ބަޔަކު އިއްޔެ ވަނީ އެގައުމުގެ ދިދަ ހިފައިގެން އަގްސާ މިސްކިތަށް ގަދަކަމުން ވަދެގަނެ ހަމަނެޖުހުންތަކެއް ހިންގާފައެވެ. ޔަހޫދީން ވަނީ އަގްސާ މިސްކިތުގައި އެ ވަގުތު ތިބި މުސްލިމުންނާ ކުރިމަތިލައި ހަމަލާ ދީފައެވެ. އަދި އިޒްރޭލުގެ އަނިޔާވެރި ސިފައިން ވަނީ މިސްކިތުގެ ތެރެއަށް ޕެޕަސްޕްރޭ ޖަހާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގައި ބާރުގެ ބޭނުންކޮށް އެމިސްކިތުގައި ތިބި ފަލަސްތީނު މީހުން ގަދަކަމުން މިސްކިތުން ނެރެފައެވެ.
އެކަންތައްގަނޑުގެ ތެރޭގައި އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވަނި، އިޒްރޭލުން އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި ކުރިއަށްގެންދިޔަ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާ ފައެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.
އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ އަމަލުތައް ކުށްވެރި ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވެސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަލް އަގްސާ މިސްކިތާއި އަދި ހަރަމުއްޝަރީފްގައި މިދިޔަ ރޯދަ މަހު ވެސް ޒަޔަނިސްޓުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެކަން ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ.
އެކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

Condemn the actions of Israeli ultranationalists who desecrated the sanctity of Masjid Al-Aqsa during the Flag March in Jerusalem yesterday. Maldivians remain steadfast in their solidarity with the #Palestinian cause.
— Ibrahim Mohamed Solih (@ibusolih) May 30, 2022
އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ އަމަލުތައް ކުށްވެރި ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވެސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަލް އަގްސާ މިސްކިތާއި އަދި ހަރަމުއްޝަރީފްގައި މިދިޔަ ރޯދަ މަހު ވެސް ޒަޔަނިސްޓުން ވަނީ ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެކަން ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރި ކޮށް ބަޔާނެއް ނެރެފައެވެ.
އެކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން އަގްސާ މިސްކިތުގައި އަދި ފަލަސްތީނުގެ ބިންތަކުގައި ހިންގާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އ.ދ ގެ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު