މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާކަން ހައްޖު ކޯޕަރޭޝަނުން އަންގާފައިވާ މީހުން ހައްޖު ދައުވަތު ގަބޫލުކުރާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދޭން އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައިވާކަން ހައްޖު ކޯޕަރޭޝަނުން އަންގާފައިވާ މީހުން ހައްޖު ދައުވަތު ގަބޫލުކުރާކަން ނުވަތަ ނޫންކަން އަންގަން ދިން މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށެވެ. އެހެންވެ ހައްޖަށް މި އަހަރު ދާނެކަން މާދަމާ ކަށަވަރުނުކޮށްދޭ މީހުން މި އަހަރުގެ ހައްޖު ކޯޓާގެ ލިސްޓުން އުނިކޮށް ކުންފުނީގެ ހައްޖު ޖާގަ ލިސްޓުގައި އިހު އޮތް އޯޑަރުން ތަރުތީބު ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި އަހަރު ރާއްޖެއަށް ލިބިފައި ވަނީ ހައްޖުގެ އެންމެ 453 ކޯޓާ އެވެ. މި ކޯޓާގެ ދަށުން އާންމުކޮށް ހުޅުވާލައިގެން ހައްޖަށް ދާން އާންމުންނަށް ހާއްސަކުރި 100 ކޯޓާ އަށް ކުރިމަތިލާން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 100 ކޯޓާގައި ހައްޖަށް ގެންދާނެ މީހުން ކަނޑައަޅާނީ ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުން ކަމަށެވެ. އެގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުން ނަގާއިރު ވެއިޓިން ކިއޫއެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނަގާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ހައްޖަށް ދާން ފުރަތަމަ 100 ޖާގައަށް ނެގޭ މީހުންގެ ތެރެއިން މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެ ނަމަ ވެއިޓިން ކިއޫ ތަރުތީބުން ޖާގަ ދޭނެ އެވެ.
ހައްޖު ކޯޕަރޭޝަނުން އާންމުކޮށް ހުޅުވައިލި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76،960ރ. އެެވެ.
ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނުން ހުޅުވާލި 100 ކޯޓާ އަށް ކުރިމަތިލެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ، އަންނަ މަހުގެ 15 އަށް 65 އަހަރުވެފައި ނުވާ އަދި ކޮވިޑްގެ ދެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެެވެ. މިއަހަރު ރާއްޖެ އަށް ލިބިފައިވާ ކޯޓާގެ ދަށުން ހައްޖަށް ގެންދަން ހަމައެކަނި ފުރުސަތު ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު