ޖަޕާން ސަރުކާރުން ރާއްޖެއަށް 5.1 މިލިއަން ޑޮލަރުގެ އެހީ އެއް ދީފިއެެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ރާއްޖެއަށް ދޭ އެހީގެ އެއްބަސްވުމުގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއޫޗީ މިދޯރީއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ފޯރުކޮށްދިން މި އެހީ ބޭނުންކޮށްގެން މެރިން ޕޮލިސްގެ ޚިދުމަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކޮށް، މި ޚިދުމަތް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ކައުންޓަރ ޓެރަރިޒަމާއި، ޑްރަގް ޓްރެފިކް ކުރުމާއި، މީގެ އިތުރުންވެސް ކަނޑުމަތީގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް މިއެބީ ބޭނުން ކުރަން ނިންމާފައިވާއިރު ޓްރެފިކް މެނޭޖްކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައްވެސް މިއެހީގެ ފައިސާއިން ހޯދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދިން މި އެހީ ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އޭނާ ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަަކަ ދައްކަވާފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ޖަޕާނުން ރާއްޖޭގެ ތަރައްގީގައި އަދާކުރާ ޚާއްސަ ރޯލު ފާހަގަވެގެންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

Maldives 🇲🇻 and Japan 🇯🇵 signs Exchange of Notes on Grant Aid of ¥650 Million to strengthen the resources and operational capabilities of the Marine Police and Traffic Police of the @PoliceMv.
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 30, 2022
📃 Press Release | https://t.co/n3zpVglNUQ pic.twitter.com/yJ8IG1drkW
ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން ފޯރުކޮށްދިން މި އެހީ ބޭނުންކޮށްގެން މެރިން ޕޮލިސްގެ ޚިދުމަތަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކޮށް، މި ޚިދުމަތް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޓްރެފިކް ޕޮލިސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ކައުންޓަރ ޓެރަރިޒަމާއި، ޑްރަގް ޓްރެފިކް ކުރުމާއި، މީގެ އިތުރުންވެސް ކަނޑުމަތީގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ އުޅަނދުފަހަރު ހޯދުމަށް މިއެބީ ބޭނުން ކުރަން ނިންމާފައިވާއިރު ޓްރެފިކް މެނޭޖްކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތައްވެސް މިއެހީގެ ފައިސާއިން ހޯދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދިން މި އެހީ ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އޭނާ ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަަކަ ދައްކަވާފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ޖަޕާނުން ރާއްޖޭގެ ތަރައްގީގައި އަދާކުރާ ޚާއްސަ ރޯލު ފާހަގަވެގެންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު