އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި ނެރުނު އެޖެންޑާ19 މެނިފެސްޓޯގައި ބުނެފައިވާގޮތަށް، ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާ އާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވާފައިވާ މި އިސްލާހުތަކަށް ބަހުސްކުރުން މާދަމާގެ ޖަލްސާގެ ދެވަނަ ނަންބަރެއްގެ ގޮތުގައި ވަނީ އެޖެންޑާ ކޮށްފައެވެ.
މި ބިލު ތައްޔާރު ކުރުމުގެ މަސައްކަތް ކުރެއްވި، އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ގާއިމު ކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓް ތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި، ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ސަރކިޓްތަކެއް ގާއިމުކޮށް، މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސަރކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމާއި، ކޯޓުތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.
ކޯޓުތަކުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން ކުރިޔަށް ގެންދަންވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު