އަމީރުލްޙައްޖުގެ ގޮތުގައި މިއަހަރު ވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އަހަރު ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވާފައިވާކަމަށެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 453 ކޯޓާ ސަޢުދީ ޢަރަބިއްޔާއިން ވަނީ ދީފައެވެ. އެ ކޯޓާތައް އެއްކޮށް ދީފައިވަނީ ސަރުކާރުގެ ހައްޖު ކުންފުނި، ހައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރު ސައުދީން ނިންމާފައިވަނީ އެއް މިލިއަން މީހުން ހައްޖުގައި ބައިވެރިކުރުވާށެވެ. މިއީ ކޯވިޑްގެ ކުރީގެ އަދަދުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ. އެގޮތުން މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުންއައެވެ.
ނަމަވެސް 2020 ވަނަ އަހަރު ކޯވިޑް އެންމެ ގަދައަށް ފެތުރުނުއިރު އެ އަހަރުގެ ޙައްޖުގައި ބައިވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އަދި މިދިޔަ އަހަރު 60000 މީހުންނަށް ފުރުޞަތު ދިނެވެ.

ކިޔުންތެރިންގެ ހިޔާލު