ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ނިންމާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން އިހަވަންދިޕޮޅުގައި ފަށާ މަޝްރޫޢަކީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫޢަށްވާނެކަމަށެވެ.
އަމްރު ވިދާޅުވީ އިހަވަންދިޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ފުނަދޫގައި ހުންނަ އެސްޓީއޯގެ ފިއުލް ޓާރމިނަލަކީ ވަރަށް ދުވަސްވެފައިވާ ޓަރމިނަލަކަށްވެފައި، ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީކަމަށެވެ. އަދި ފިއުލް ޓަރމިނަލް ހުރި ރަށް އިތުރަށް ބޮޑު ކުރެވެން ނެތްކަންވެސް އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވަމުންދާއިރު، ރިސޯޓުތައްވެސް 3 ގުނަ އިތުރުވެ, ކޮންސްޓްރަކްޝަން ވަރަށް ބޮޑުވެގެން ހިނގައްޖެކަމަށެވެ. އެހެންކަމުން ތެލަށް އޮންނަ ޑިމާންޑްވެސް އުފެލުމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ.
އަމްރު ވިދާޅުވީ ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކުވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރާ ކަމަށާއި، އެހެންކަމުން މި ބޯޓުތަކަށް އަމާޒްކޮށްގެން ބައިނަލްއަޤްވާމީ ބަންކަރިންގެ ޙިދުމަތްތައް ދިނުމަށް ނިންމާފައިވާކަމަށެވެ.
"ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރޭ. އެ ސަރަހައްދުގައި ނެތް އެއަކަށް ސާވިސް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސްޓްރެޓިކް ސްޓޯރޭޖާ އެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން." އަމްރު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ނިންމާފައިވާއިރު، އެސްޓީއޯގެ ވިސްނުން ހުރީ އެންމެ ފުރަތަމަ ފްލޯޓިންގ ސްޓޯރޭޖެއްގައި އިހަވަންދިއްޕޮޅުގައި ޤާއިމްކޮށްގެން ހިދުމަތްދިނުމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު