ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް، މަޤާމުން އިސްތިއުފާދެއްވިކަން ހާމަކޮށްފައި ވަނީ ހައިކޯޓުން މިއަދު ކުރި ޓްވީޓެއްގައެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް، މަޤާމުން އިސްތިއުފާދެއްވާފައިވާއިރު، އޭނާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމައި، އެމައްސަލަ ވަނީ މަޖިލީހަށްވެސް ފޮނުވާފައެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
ޢަބްދުއްރައޫފްގެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުވެސް ވަކިކުރަން ޖޭއެސްސީން އޮތީ މަޖިލީހަށް ފޮނުވާފައެވެ. ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފޮނުވީ، ފަނޑިޔާރުންތަކަކަށް ފްލެޓްތަކެއް ދިން މައްސަލައެއްގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.
އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޓާރނީޖެނެރަލްގެ އޮފީހުގެ ލީގަލް އެސިސްޓެންޓްކަމުގެ މަގާމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ.
އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމްވަނީ، ޤާނޫނު ނަންބަރު 2008/10 ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައިވެސް އިންނެވީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިސްތިއުފާ ދެއްވުން pic.twitter.com/kBs3zQFR6F
— High Court of Maldives (@mvhighcourt) May 31, 2022

ކިޔުންތެރިންގެ ހިޔާލު