އެޗްޑީސީން ކުރިއަށްގެންދިޔަ ތިލަފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.



ތިލަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އެޗްޑީސީގެ ބެލުުމުގެ ދަށުގައި އޮންނަ ތިލަފުށީގެ އުތުރު ފަރާތުގެ ގޮނޑުދޮށް ގިރަމުންދާތީ، އެ މަސައްކަތް އެޗްޑީސީން ހަވާލުކުރީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫޢުގެ ދަށުން 100 މީޓަރު ދިގުމިނުގައި ބޮޑު ހިލަ ޖަހާފައިވާ ކަމަށެވެ.



އެޗްޑީސީން ވަނީ ތިލަފުށީ ފަޅުން 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ.

އެޗްޑީސީން އެ މަސައްކަތަށް ތައްޔާރުކުރި ޑިޒައިން ރިޕޯޓުގައި ބުނާ ގޮތުގައި މި މަޝްރޫޢަށް 500،000 ކިއުބިކް މީޓަރުގެ ވެލި ބޭނުނެވެއެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތަކުން ބޭނުންވާ ވަރަށް ވެލި ނަގައިގެން ބޭނުންކުރެވިދާނެ ކަމަށްވެސް ރިޕޯޓުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު