އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) ގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކުރުމަށް އެ ދެ ޕާޓީން ހުށަހެޅި ފޯމްތައް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނުމުގެ ކުރިން ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން،، އީސީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައީސް މައުމޫން އިސްވެ ހުންނަވާ އުފައްދަވާފައިވާ އެމްއާރުއެމާ އަލަށް ގުޅުނު 103 ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި އެމްއެލްއެސްޑީޕީއާ ގުޅުމަށް 50 ފޯމް ހުށަހަޅާފައިވާކަމަށެވެ.

ފޯމްތަކުގައިވާ މީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން އީސީންވަނީ އާންމުކޮށްފައެވެ.



އެ ކޮމިޝަނުން ވަނީ އާންމު ކޮށްފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00 ގެ ކުރިން އީސީގެ މައި އިދާރާއަށް ގޮސްގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅުމަށް އެދިފައެވެ.

ޕާޓީތަކަށް މީހުން ވެއްދުމަށް އީސީއަށް ހުށަހަޅާ ފޯމްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އާންމު ރައްޔިތުންނަށް ނޭނގި އެކި ޕާޓީތަކަށް ވައްދާފައި ހުރުމާއި އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލުކުރާ މައްސަލަ ވަރަށް ބޮޑުވެފައިވަނިކޮށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް އެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު