ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ ގެކޮޅު ހ. ދޫވެހީގައި ދެމި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމައިފިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕޭންގެ ތެރެއިން، އެމަނިކުފާނުގެ ގެކޮޅުގައި ދެމި ބޮޑު ބެނާ ފުލުހުން ނެގީ ކްރިމިނަލް ކޯޓުގެ އަމުރަކަށް މިދިޔަމަހުގެ ފަހުކޮޅުއެވެ. އެ ކޯޓުން އަމުރު ނެރެދިނީ ބެނާ ހަރުކުރުމުން އާންމު މަސްލަހަތަށް ގެއްލުން ވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާތީއެވެ.
މި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ މައްސަލާގައި ފުލުހުން އަމަލުކުރީ ގާނޫނާއި ހިލާފަށް ކަމަށާއި އަދި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ކަނޑައަޅާފައެވެ.
އެ އަމުރު ބާތިލު ކަމަށް ނިންމި ހުކުމްގައިވާ ގޮތުން، އެގޮތަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރު ނެރެދިން ސަބަބެއް ކޯޓު އަމުރުގައި އެނގެން ނެތުމާއި، ދޫވެއްސަށް ނުވަދެ ބެނާ ނެގެން އޮއްވާ އެގެއަށް ވަންނަން އަމުރެއް ހޯދުން ހިމެނެއެވެ.
މި މައްސަލައިގައި ދެން ކުރިޔަށްދާން ނިންމާފައިވާ ގޮތާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ރަސް އޮންލައިން" އަށް ވިދާޅުވީ، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ބެނާ އަތުލަން އާ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް ޕީޖީންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު