ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަފީޤް
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަފީޤް
ހައްޖަށް ދިޔުމަށް ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވުމުން، މަންމައާއި ބައްޕައަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤް އަދާލަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝަފީޤް މިއަދު ވިދާޅުވީ، އޭނާގެ މަންމައާއި ބައްޕައަށް ނޭނގި އެދެމީހުން އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށެވެ. މޯޑް ވަނީ އޭނާގެ މަންމައާއި ބައްޕަ އަދާލަތަށް ވައްދާފައިވަނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާން ރަޖިސްޓްރީ ކުރުމުން އެކަމަށް އައިޑީކާޑު ކޮޕީ ހުށަހެޅުމުން އޭގެ ބޭނުންކޮށްގެން ކަމަށް ތުހުތުމަތު ކުރައްވާފައެވެ.

"ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާން ރަޖިސްޓްރީ ކުރީމަ އައިޑީކާޑު ކޮޕީ ބޭނުންކޮށްގެން އަދާލަތު ޕާޓީއަށް މީހުން ވެއްދުމަކީ ދެރަކަމެއް. ދިހަހާސް ހަމަކުރަންވެސް މިފަދަ ހުތުރު ކަންކަން ނުކުރުމަށް ގޮވާލަން." ޝަފީޤްގެ ޓްވީޓްގައި ވެއެވެ.



ނަމަވެސް އަދާލަތު ޕާޓީން މިކަން ދޮގުކުރެއެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަޙްމަދު ޝިޔާޒު ބައެއް މީޑިއާތަކަށް ވިދާޅުވީ އެފަދަ ކަމެއް އަދާލަތު ޕާޓީގެ ތެރެއިން ނުވާނެކަމަށެވެ. އަދި ޝަފީޤް ހައްދަވަނީ ދޮގު ކަމަށާއި ވީވަރަކުން ފޯމުތަކުގެ ސައްހަކަން ޔަގީންކުރަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަފީޤް ބައެއް ނޫސްތަކަށް ވިދާޅުވީ އޭނާގެ މަންމައާއި ބައްޕަ އަދާލަތު ޕާޓީގައި ރަޖިސްޓްރީ ވާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އެކަން ވާނެ ހަމައެކަނި ގޮތަކީ ހައްޖު ކޯޕަރޭޝަނުން މަންމައާއި ބައްޕަގެ އައިޑީކާޑުގެ ކޮޕީ އަދާލަތަށް ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ މިކަމަކީ ހައްޖު ކޯޕަރޭޝަނާއި އަދާލަތު ޕާޓީން ގުޅިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރައްވާ ފައެވެ. ޝަފީޤް ވިދާޅުވީ، އިލެކްޝަން ކޮމިޝަނަށް ނޭނގި މިވަރުގެ ކަމެއް ނުހިނގާނެ ކަމަށާއި މިފަދަ މައްސަލަތައް ބެލޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ.

މިފަދަ މައްސަލަތައް ފެންމަތިވާވަރު އިތުރުވެފައިވާއިރު، ޕާޓީތަކަށް މީހުން ވެއްދުމާއި ގުޅޭ މައްސަލަތައް ހައްލު ކުރުމަށް އީސީން އިސްނަގައިގެން ވެސް ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ ފޯމްތަކުގެ މައުލޫމާތު އާންމުކޮށް ޝަކުވާއަށް ހުޅުވާލަން މިހާރުވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު