މި ސަރުކާރުން މާލޭގައި އަޅަން އުޅޭ ބްރިޖުގެ މަޝްރޫއާއި ގުޅުވައިގެން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖެ އެތެރެކުރަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް ތުހުމަތު ކުރަށްވައިފި އެވެ.
ބްރިޖު މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް އިން ވަނީ މާލެ ވިލިމާލެ ގުޅުވާލާ ބްރިޖު އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެކަމަށް ބުނެފައެވެ. އަދި މި އަހަރު ނިމޭއިރު އެ މަޝްރޫއު ހިންގަން ރާއްޖޭގައި 1000އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ޝިޔާމް މިއަދު ވިދާޅުވީ، އެ ކުންފުނިން އުޅެނީ އިންތިހާބުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓް ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރަން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަމީ އެންމެން ދަންނަ ހަގީގަތެއްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ސިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓު" ގެ ނަމުގައި އެއްވުންތަކެއްވެސް ބާއްވަމުންނެވެ. އިދިކޮޅުން އެފަދައިން ބުނިނަމަވެސް، ސަރުކާރުން ދަނީ އިދިކޮޅުން ދައްކާ އެފަދަ ވާހަކަތަށް ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު