ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހައްމަދު ނިހާދު މިހެން ވިދާޅުވީ ބްރިޖުގެ މަޝްރޫއާއި ގުޅުވައިގެން ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖެ އެތެރެކުރަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ތުހުމަތު ކުރެއްވުމާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން ނިހާދު ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅުމަށް ދޮގު ވާހަކަ ފެތުރުން ހުއްޓާލުމަށް ޝިޔާމްގެ ކިބައިން އާދޭހާއެކުއެދިވަޑައިގެންފައެވެ.
"ދިވެހި ރައްޔިތުންގެ ހައްގުގައި ސިޔާސަތުތައް ވިއްކައިގެން ތާއިދު ހޯދުމަަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން." ބްރިޖް މަޝްރޫއާ ގުޅިގެން ޝިޔާމް ދެެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެެވެ.
ބްރިޖު މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވަނީ މާލެ ވިލިމާލެ ގުޅުވާލާ ބްރިޖު އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެކަމަށް ބުނެފައެވެ. އަދި މި އަހަރު ނިމޭއިރު އެ މަޝްރޫއު ހިންގަން ރާއްޖޭގައި 1000އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އެކަމަށް އިިޝާރަތް ކުރައްވައި ޝިޔާމް ވިދާޅުވީ އެ ކުންފުނިން އުޅެނީ އިންތިހާބުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓް ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރަން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
އިންޑިޔާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި އިންޑިޔާ ސިފައިންނާއި ގުޅުވައި ނަފުރަތު އުފެއްދުމަށް ޝިޔާމާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓު" ގެ ނަމުގައި ސިލްސިލާ ހަރަކާތެއް ވެސް ފަށާފައެވެ. އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރާކަތް ހުއްޓުވުމަށް ރައީސް ވަނީ ގަރާރެެއް ނެރުއްވާފައެެވެ. އަދި ފުލުހުން އަންނަނީ އެހަރަކާތް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

Tharaggee ge mashroou thakah huras elhumah fithunaveri dhogu vaahaka fethurun huttaalumah aadheys kuran! Dhivehi Rayyithun ge haggugai Sarukaarun Hingaa project thakah huras na~alhaa siyaasath thakeh vikkaigen Thaaeedh Hoadhan Masakkaih kurumah ilthimaas kuran!
— Feydhoo Meehaa (Mohamed Nihad) (@nihad_m) June 1, 2022
ބްރިޖު މަޝްރޫއު ހިންގާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވަނީ މާލެ ވިލިމާލެ ގުޅުވާލާ ބްރިޖު އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެކަމަށް ބުނެފައެވެ. އަދި މި އަހަރު ނިމޭއިރު އެ މަޝްރޫއު ހިންގަން ރާއްޖޭގައި 1000އަށްވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އެކަމަށް އިިޝާރަތް ކުރައްވައި ޝިޔާމް ވިދާޅުވީ އެ ކުންފުނިން އުޅެނީ އިންތިހާބުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމުމުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓް ކޯޓާގެ ތެރެއިން ރާއްޖެ އެތެރެ ކުރަން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
އިންޑިޔާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި އިންޑިޔާ ސިފައިންނާއި ގުޅުވައި ނަފުރަތު އުފެއްދުމަށް ޝިޔާމާއި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓު" ގެ ނަމުގައި ސިލްސިލާ ހަރަކާތެއް ވެސް ފަށާފައެވެ. އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ހަރާކަތް ހުއްޓުވުމަށް ރައީސް ވަނީ ގަރާރެެއް ނެރުއްވާފައެެވެ. އަދި ފުލުހުން އަންނަނީ އެހަރަކާތް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު