މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދިއުމަށް އާންމުކޮށް ހުޅުވާލައިގެން ދޫކުރަން ނިންމި 100 ކޯޓާގައި ހައްޖަށް ދިޔުމަށް 76،960 ރުފިޔާ ދައްކަން ޖެހޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ސައުދީ އަރަބިއްޔާއިން މިފަހަރު ރާއްޖެއަށް ދިން ކޯޓާގެ އަދަދު މަދުވުމުގެ ސަބަބުން، އެ ކޯޓާތައް ދޭން ސަރުކާރުން ނިންމީ، ހައްޖަށް މީހުން ފޮނުވުމުގެ ކަންކަމަށް ސަރުކާރުން އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނަށެވެ.
މި އަހަރު ރާއްޖެއަށް ލިބިފައިވާ ޖުމުލަ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުކޮށް ހުޅުވައިލި ނަމަވެސް ބާކީ ކޯޓާތައް ހާއްސަ ކޮށްފައި ވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކައި، ހައްޖު ކޯޕަރޭޝަންގައި ކިއުގައި ޖެހިފައިވާ މީހުންނަށެވެ. އެ ކޯޕަރޭޝަނުން މިއަދު ބުނީ، ކޯޕަރޭޝަންގެ ކިއުގައި ޖެހިފައިވާ މީހުންނަށް އެހެން އަހަރުތަކެކޭ އެއްގޮތަށް 69،965 ރުފިޔާއަށް ހައްޖަށް ދެވުނު ނަމަވެސް ބާކީ 100 ކޯޓާގައި ހައްޖަށް ގެންދާ މީހުންގެ އަތުން ނަގާނީ 76،960 ރުފިޔާ ކަމަށެވެ.
މިގޮތަށް އެ ކޯޕަރޭޝަނުން ނިންމި ސަބަބު ހާމަކޮށްފައި ނުވީނަމަވެސް، އެ ކޯޕަރޭޝަނުން ބުނެފައިވަނީ، ކިއުގައި ނުޖެހި އާންމުކޮށް ހުޅުވާލައިގެން ހައްޖަށް ދިޔުމުގެ ފުރުސަތެއް ހުޅުވާލި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެ ކުރިން ހައްޖަށް ދިޔުމުގެ ފުރުސަތު ދެނީ މުޅިންވެސް އެ ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ކިއުގައި ތިބި ފަރާތްތަކަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތް ހާމަކުރައްވަމުން އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އާންމުކޮށް ހުޅުވާލި 100 ކޯޓާގައި ހައްޖަށް ދާނެ މީހުން ކަނޑައަޅާނީ އެ ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ. އަދި އެ ގުރުގައި 100 މީހުންގެ އިތުރުން "ވެއިޓިން ކިއު" ގެ ގޮތުގައި އިތުރު 25 މީހުން ނަގާނެ ކަމަށް އެ ކޯޕަރޭޝަންގެ އިއުލާނުގައިވެއެވެ. އަދި ގުރުއަތުން ހޮވޭ މީހާގެ ޖާގަ އެހެން މީހަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް، ހައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީހުން ފެށިގެން ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެކަމަށް ބުނެފައިވާއިރު، އެ މުއްދަތަށް ފައިސާ ނުދެއްކިއްޖެ ނަމަ އެ މީހެއްގެ ޖާގަ ގެއްލޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު