ކ. ގުރައިދޫ އިން ފެނުނީ މަންކީ ޕޮކްސް ނޫންކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ގުރައިދޫއިން މަންކީ ޕޮކްސްގެ ބަލިމީހަކު ފެނިފައިވާ ކަމަށް ރޭ ވަނީ އަޑު ފެތުރިފައެެވެ. އެކަން ދޮގުކޮށް ގުރައިދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭގޮތަށް މިފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ސިއްހީ މަރުކަޒުން ރަށުގެ ސިއްހީ ކަންކަމާއި ގުޅޭ މައުލޫމާތު އަބަދުވެސް ރައްޔިތުންނާއި ހިއްސާ ކުރަމުން ދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެޗްޕީއޭ އިން ބުނީ އެރަށުގެ ސިއްހީ މަރުކަޒަށް ދެއްކި މީހެއްގެ ގައިން މަންކީ ޕޮކްސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިކަމަށް ބުނެ އެޗްޕީއޭއަށް އެންގި ކަމަށެވެ. އެހެން ނަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެއީ، މަންކީ ޕޮކްސް ނޫން ކަމަށް ކަނޑައަޅާފައި ވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރީގެ ނުރައްކާ ބޮޑުވަމުންދާކަން ފާހަގަކުރެވިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ވެސް އެބަލި ނުރައްކާ ހާލަތަށް ފެތުރުމުގެ ބިރު އަދި ނެތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު