ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ
ކްރިމިނަލް ކޯޓުން ބުނީ 4 މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލްކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު 14:00 އިން ހަވީރު 17:00އާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުގައި މި ވަގުތު އެންމެ ދުވަސްވީ މައްސަލަތަކުގެ ގޮތުގައި ހުރީ 2015 ވަނަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ 1017 މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
މައްސަލަތައް ތާވަލް ކުރުމުގައި ރިމާންޑުގައި ތިބި މީހުންގެ ޝަރީޢަތްތަކަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ޝަރީޢަތްތަކަށް ޙާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ ދުވަހަކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މައްސަލަތަކުގެ ތާވަލް އެ ދުވަހުގެ ކުރީ ދުވަހު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އަދި ކްރިމިނަލް ކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި އާއްމުކުރެވޭނެކަމަށް ކޯޓުން ބުނެއެވެ. އަދި ކޮންމެ ދުވަހެއްގެވެސް ޝަރީޢަތްތައް ނިމުމުން އެ ދުވަހެއްގައި ކުރިއަށް ގެންދެވުނު ޝަރީޢަތްތަކާ ކުރިއަށް ނުގެންދެވުނު ޝަރީޢަތްތައް ކުރިއަށް ނުގެންދެވުނު ސަބަބާއެކު ކްރިމިނަލް ކޯޓުން އާއްމުކުރަމުން ގެންދާނެއެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިހުރި މައްސަލަތައް ނިންމުމަށް ކުރާ މަސައްކަތަކީ ކްރިމިނަލް ކޯޓުގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ދުރާލާ މަޝްވަރާކުރެވި އިންތިޒާމް ކުރެވިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު