ސަރުކާރުގެ ކުންފުނިތަކުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އަގު ކުޑަކުރުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ގޮވާލައްވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް ކާބޯތަކެތީގެ އަގު ބޮޑުކުރުމާއި ގުޅިގެން އެކަމާ މެދު ކަންބޮޑުވުން ހިއްސާކުރައްވަމުންނެެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ތަކެތީގެ އަގުތައް ރާއްޖޭގައި ކުށްލިއަކަށް އަތް ނުފޯރާ ހިސާބަށް ދާއިރު އާނމްދަނީއެއް ލިބޭނެ ގޮތެއް ނެތް ކަމަށާއި، ގިނަ ރައްޔިތުން ބަނޑަށް ޖެހިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އާދަމް ޝަރީފް ވަނީ ސަރުކާރުގެ ކުންފުނިތަކުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އަގު ކުޑަކުރުމަށް ގޮވާލައްވާފައެވެ.



އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިއްޔެ ވަނީ މިފްކޯއިން މަސްދަޅު ވިއްކާ އަގު ބޮޑު ކޮށްފައެވެ. އެގޮތުން މިފްކޯއިން ތެޔޮ މަސްދަޅު ކޭހަކުން 150ރ. ވަނީ ބޮޑުކޮށްފައެވެ.

ސަރުކާރު ކުންފުނިތަކުން ތަކެތީގެ އަގު ބޮޑުކޮށްފައިވާއިރު އެބަދަލަކީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން ގެނައި ބަދަލެެއް ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެހެން ނަމަވެސް ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މައްޗަށް ދިޔުމާއި ގުޅިގެން ގިނަ ބާވަތްތަކެއްގެ އަގުތަށް ދުނިޔޭގެ ބާޒާރުގައި ވެސް ވަނީ އުފުލިފައެވެ. ތެލުގެ އަގު މިހާރުވަނީ މިއިން ދުވަހަކު ނުދާވަރަށް މައްޗަށް ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު