ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއާއި އަލުން ގުޅިވަޑައިގަންނަވާނީ ޕާޓީގެ ވިޕްލައިނާއި ޚިލާފުވި އެންމެންނާއި މެދު އަމަލު ކުރާނެ އެއް އުސޫލެއް ހެދުމުން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ މަނިކު އެޕާޓީން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތުރީ ލައިން ވިޕާ ޚިލާފުވެ ވަޑައިގަތް މައްސަލައިގަ އެވެ. ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސާ މަނިކު ވިދާޅުވީ، 50 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.
މޫސަ ވިދާޅުވީ، އެމްޑީޕީން ވަކިކުރީ ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އެމްޑީޕީއާއި އަލުން ގުޅިވަޑައިގަންނަވާނީ ޕާޓީގެ ވިޕްލައިނާއި ޚިލާފުވި އެންމެންނާއި މެދު އަމަލު ކުރާނެ އެއް އުސޫލެއް ހެދުމުން ކަމަށެވެ. މޫސަ ވަނީ އެމްޑީޕީގެ ވިޕްލައިނާއި ޚިލާފުވި ކަމަށް ބުނެ އެޕާޓީން ވަކިކުރި މީހުންގެ މައްސަލަ އަލުން ބެލުމަށް އެމްޑީޕީގެ އާ ލީޑަރޝިޕަށް ގޮވާލައްވާފައެވެ.
"އަޅުގަނޑު އެމްޑީޕީއަށް ވަންނާނީ މިހާތަނަށް އެމްޑީޕީގެ ވިޕްލައިނާއި ޚިލާފުވި އެންމެންނަށް އެެއް އުސޫލެއް ގެނެސް، ފައްޔާޒު ވިދާޅުވިތާ ކުރީގެ ހުރި މައްސަލަތައް އަލުން ބަައްލަވާނަމޭ. އަޅުގަނޑު ފައްޔާޒަށް ގޮވާލަން އެކަންއެކަން ބަލާށޭ އަޅުގަނޑުމެން ގެންދަން ބޭނުމިއްޔާ. އެހެންނޫނީ އަޅުގަނޑު ކިތަންމެ ރައްޓެއްސަކަސް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން އަޅުގަނޑު އަރައިގެން ދައްކާނެ ވާހަކައެއް ނޯންނާނެ." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު މޫސަ ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމާއި ވެސް ގުޅިވަޑައިގެންފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު