އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ބ. އަތޮޅުގައި ލޭބަރ ރިލޭޝަން އޮތޯރޮޓީގެ ގޮތްޕެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބ. އަތޮޅު ކައުންސިލްގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙެވެ. ލޭބަރ ރިލޭޝަން އޮޓޯރޮޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އަޙްމަދު މިޒްހަތު ނަޢީމެވެ.

މި ބައްދަލުވުމަށްފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީން ބުނީ، ވަޒީފާއާބެހޭ މައްސަލަ ތަކަކީ ބޮޑެތި މައްސަލަތަކެއް ކަމަށާއި އަދި އެ ފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމަށެވެ. އެހެން ކަމުން މި ފަދަ ގޮފިތަކެއް އަތޮޅު ތެރޭގައި ގާއިމްކޮށް ހިދުމަތް ދޭން ފެށުމުން، ހިދުމަތް އަވަސްވުމާއިއެކު، މައްސަލަތައް ހުށައެޅުމަށް ވެސް ފަސޭހަވެގެން ދާނެކަމަށް ވަނީ ބުނެފައެވެ.

މިގޮފިތައް ހިންގަން ލޭބަރ ރިލޭޝަން އޮތޯރިޓީން ނިންމާފައިވަނީ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.

މިރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު، ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން އެއަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވީ، މި އެއްބަސްވުމުގެ ބޭނުމަކީ، ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ މިފަދަ ހިދުމަތްތައް ފުޅާކުރުންކަމަށާއި، މިއީ ރައްޔިތުންނަށް ލިބެންނެތް މިފަދަ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށެވެ. އަދި މިފަދަ ގޮތްޕެއް އުފައްދަން ނިންމެވީތީ ލޭބަރ ރިލޭޝަން އޮތޯރިޓީއަށް އޭނާ ވަނީ ޝުކުރު އަދާކުރަށްވާފައެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާއާއި ބެހޭ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވާނެކަމަށާއި އެއީ، މިފަދަ މައްސަލަތައް ހައްލު ކުރަން ލިބޭނެ ބޮޑު ލުޔެއްކަމަށް އޭނާ ވިދާޅުވިއެވެ.



ބ. އަތޮޅަކީ އެ އޮތޯރިޓީގެ ގޮފި ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރި 3 ވަނަ އަތޮޅެވެ. ބ. އަތޮޅުގެ އިތުރުން ރ. އަތޮޅާއި ށ. އަތޮޅުގައި އެ އޮތޯރިޓީގެ ގޮފި ގާއިމު ކުރުމުގެ އެއްބަސްވުމުގައި މީގެކުރިން ވަނީ ސޮއިކޮށްފައެވެ. އެ ތަންތަނަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނީ، މުވައްޒަފުން ނެގުމުގެ މަސައްކަތް މިފެށޭ ހަފްތާތެރޭގައި ފެށޭވަރުވާނެކަމަށާ، މުވައްޒަފުންނަގާ އެފަރާތްތަކަށް ތަމްރީން ދިނުމަށްފަހު ބ. އަތޮޅުގައި މި އަހަރު މި ހިދުމަތް ރަސްމީކޮށް ފެށިގެންދާނެކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު