ރާއްޖޭގައި ސޯލާ ނުވަތަ އިރުން ހަކަތަ އުފައްދަން ކުރާ ޚަރަދު ބޮޑުތަނުން އިތުރު ކުރަންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެެ.
ރަޝިޔާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ތެލުގެ އަގު މައްޗަށް ދިއުމާއި ގުޅިގެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހޭދަ ވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަސަން ވިދާޅުވީ ރާއްޖޭގައި އިރުން ހަކަތަ އުފައްދަން ކުރާ ޚަރަދު ބޮޑުތަނުން އިތުރު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެ ތެލަށް ބަރޯސާވުން ކުޑަކުރަން ކުރަންޖެހޭ މަސައްކަތުގެ ދުވެލި މާ ބޮޑަށްވެސް ބާރުކުރަން މަޖުބޫރުވެއްޖެ ކަމަށް އިކްރާމް ވިދާޅުވިއެވެ.
ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ރަޝިޔާ ޔުކްރެއިން ހަނގުރާމައާއެކު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތީގެ އަގު އުފުލިގެން ހިނގައްޖެ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ތެލުގެ ސަބްސިޑީ ދިނުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ތެލުގެ އަގަށް އައި ބަދަލާއެކު 1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ބަޖެޓުން ކުރަންޖެހޭ ހޭދަ އިތުރުވެފައިވާތީ ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅު ތަކެއް އެޅުމަށް ނިއްމާފައެވެ.

Irun hakatha ufahdhan kuraa haradhu moduthanun ithurukoh thelah barosaa vaa minvaru kudakuran kuraa masahkathuge dhuveli maabodah baarukurun mivanee majuboorvefa.
— Ikram Hassan MP (@ikramhassan) June 2, 2022
ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ ރަޝިޔާ ޔުކްރެއިން ހަނގުރާމައާއެކު ތެލުގެ އަގު ވަރަށް ބޮޑަށް އުފުލި ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތީގެ އަގު އުފުލިގެން ހިނގައްޖެ ކަމަށާއި އެކަމާ ގުޅިގެން ދައުލަތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ ތެލަށް ކުރަންޖެހޭ ޚަރަދު އިތުރުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ތެލުގެ ސަބްސިޑީ ދިނުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް ތެލުގެ އަގަށް އައި ބަދަލާއެކު 1 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ބަޖެޓުން ކުރަންޖެހޭ ހޭދަ އިތުރުވެފައިވާތީ ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅު ތަކެއް އެޅުމަށް ނިއްމާފައެވެ.
ކިޔުންތެރިންގެ ހިޔާލު