ސިޔާސީ ޕާޓިއެއްގައި އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާނަމަ ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ސިޔާސީ ޕާޓީއެއްގައި އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާނަމަ ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ ޞައްޙަ ނޫން ފޯމް ހުށައަޅައިގެން ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށާއި، އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ޞައްޙަ ނޫން ފޯމް ހުށައަޅައިފިނަމަ، ކޮންމެ ފޯމަކަށް އެ ސިޔާސީ ޕާޓީއެއް 10000 ރުފިޔާއިން ޖޫރިމަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10000 ރުފިޔާއިން ޖޫރިމާނާކުރަންވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީކުރުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކަށްވެސް މިކަން ކުރިމަތިވަމުންދާކަން ވަނީ ފެންމަތިވެފައެވެ.
މިމައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުން ހުށައަޅާ ފޯމުގައި ސޮއިކުރާ މީހުންގެ ވަނަވަރު ޢާންމުކުރަންވެސް ފަށާފައެވެ.

ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް ރަޖިސްޓަރީ ކޮށްފައިވާނަމަ އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި. އެފަދަ ކޮންމެ ޝަކުވާއެއް ބެލުމަށްފަހު އެކަންކުރި ފަރާތަކާމެދު އެއްވެސް އިސްތިސްނާއެއްނެތި ޤާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ވަނީ ނިންމަވާފައި.
— Elections Commission (@ElectionsMv) June 2, 2022
އޮޅުވާލައިގެން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީކުރުމުގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކަށްވެސް މިކަން ކުރިމަތިވަމުންދާކަން ވަނީ ފެންމަތިވެފައެވެ.
މިމައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުން ހުށައަޅާ ފޯމުގައި ސޮއިކުރާ މީހުންގެ ވަނަވަރު ޢާންމުކުރަންވެސް ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު