ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދަޢުވާ އުފުލާފައިވާ މީހުންގެ ޝަރީޢަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ބޭއްވުމަށް ތައާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00އަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މި ޝަރީއަތް ބޭއްވުމަށް ތާވަލުކުރި ނަމަވެސް މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އެ ޝަރީޢަތް ވަނީ ކެންސަލުކޮށްފައެވެ. އެދުވަހުގެ ޝަރީޢަތް ކެންސަލްކުރީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ޝަރީޢަތަށް ޙާޒިރުނުކުރެވިގެނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދަނީ ޝަރީޢަތް ހިންގަމުންނެވެ. އެ 10 މީހުންގެ ތެރެއިން އަޑުއެހުން ބޭއްވުމަށް ތައާވަލުކޮށްފައިވަނީ، ތަހްނީމް އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގުއާއި، ފަހުމީ އަލީއާއި، އަލީ ހައިޝަމާއި، ފަހުމީ އަލީއާއި، މުހައްމަދު ނާޒިމްގެ މައްޗަށް ޝަރީޢަތް ހިންގުމަށެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ، ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް ރަޝީދަށް އެކަންޏެވެ. އެނާގެ މައްސަލަ އަވަހަށް ނިމުނީ، އޭނާ ކުށަށް އިއުތިރާފްވެ، ދައުލަތާއެކު އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތްތައް ކުރިއަށްދާއިރު، ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު ރައީސް ނަޝީދުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު