މުސްލިމުން އެކަކު އަނެެކެއްގެ ޙައްޤުތައް އަދާކުރުމުގައި މިއަދުގެ ޙާލަތަށް ރިޢާޔަތް ކުރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ގޮވާލާފައިވަނީ، އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ލޯބި އިތުރުވާ ކަމެއް ނަމަވެސް، މިއަދު ހަމައެކަނި އަނގަބަހުން ކުރާ ސަލާމުން ފުއްދާލުމަށެވެ. އަދި ޖަނާޒާގައި ބައިވެރިވުމާއި، ބަލި މީހުންނާއި ގާތް ތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަކީ މުހިއްމުކަމެއް ކަމަށާއި، ނަމަވެސް މިއަދު ފޯނާއި ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މިފަދަ ޒިޔާރަތްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ބޭނުންވީކަމުގައި ވީ ނަމަވެސް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެހީތެރިވުމަށް ޚުތުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.
މުސްލިމަކު އަނެއް މުސްލިކަމަށް އަދާ ކުރަން ޖެހޭ ހައްގުތަކުގެ ތެރޭގައި މުސްލިމަކާ ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމާއި ދައުވަތެއް ދީފި ނަމަ އެ ދައުވަތަކަށް އިޖާބަ ދިނުމާއި ކިނބިއްސެއް އެޅޭ ހިނދު މާތްﷲ އަށް ހަމްދު ކޮށްފިނަމަ އެ މީހަކަށްޓަކައި ހެޔޮ ދުއާ ކުރުމާއި ބަލި ވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރުމުގެ އިތުރުން އޭނާ މި ދުނިޔެ ދޫކޮށްފި ނަމަ ޖަނާޒާގައި ބައިވެރިވުން ހިމެނޭ ކަމަށާއި، ނަމަވެސް އެ ޙައްޤުތައް އަދާކުރުމުގައި ޙާލަތަށް ރިޢާޔަތްކުރަން ޖެހޭގެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުޖްތަމައުގައި ގުޅުން ހަރުދަނާ ވެގެންދާ ކަންތައްތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއ، ހިތާމަތަކާއި، އުފަލުގައި ބައިވެރިވުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބުން މުޖުތަމައުގެ އަފްރާދުންގެ ހާލު އެނގި އެ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާވެގެން ދާނެއެ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
މާތް ނަބިއްޔާ އިރުޝާދު ދެއްވާފައި ވަނީ މީހާގެ މަގާމަށް ބެލުމެއް ނެތި އޭނާ ދޭ ދައުވަތަށް އިޖާބަ ދިނުމަށް ކަމަށާއި، އަދި ހާއްސަކޮށް އެ ދައުވަތަކީ ކައިވެނީގެ ވަލީމާއެއް ނަމަ އިޖާބައަށް އިސްކަން ދިނުމަށެވެ. އެއީ އެ މަޖިލީހުގައި އެކުލެވިފައިވާ އެއްބަނޑު އެއްބަފާކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް ޓަކައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައި ވަނީ މިއަދު މިވަނީ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިވެފައި ކަމަށާއި، މި ދަނޑިވަޅުގައި މުސްލިމް އަޚުންގެ ބޭނުންތައް ދެނެގަނެ، އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޘަވާބާއި ދަރުމަ އިތުރުވާނެ ކަމެއް ކަމަށެވެ. މާތް ﷲގެ މަގުގައި ހޭދަކުރާ އެއްޗަކީ އުނިވެ ބީވެގެންދާނެ އެއްޗެއް ނޫންކަމަށާއި، ތިމާއަށް އެންމެ ބޭނުންޖެހޭ ދުވަހު އެތަކެތީގެ ބަދަލު އެތައް ގުނައެއް އިތުރުކޮށް ﷲ ތަޢާލާ ދެއްވާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު