މުޖުތަމައުގެ ހައްގަށްވުރެ ޑްރަގު ޑީލަރުންގެ ހައްގަށް އިސްކަންދޭތީ ޕްރޮސެކިއުޓަރ ޖެނެރަލް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިހެން ވިދާޅުވީ ފުލުހުން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ މާލޭގެ ގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމު ނިއްމެވުމާއި ގުޅިގެންނެެވެ.
ބޮންޑެ ވިދާޅުވީ ގައުމާއި މުޖުތަމައުގެ ހައްގަށްވުރެ ޑްރަގް ޑީލަރުންގެ ހައްގަށް އިސްކަންދޭ ސަބަބާއި ބެހޭގޮތުން ޕީޖީ ހުސައިން ޝަމީމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭ ކަމަށާއި ޕީޖީ މަގާމުން ވަކިކުރަންޖެހޭނަމަ އެކަންވެސް ކުރަންޖެހޭ ކަމަށެވެ.
"މިހާލަތަށް ކަންކަން ގޯސްވެގެންދާއިރު މަޖިލީހުގެ ކަމާބެހޭ ކޮމެޓީން މަޑުން އޮވެގެން ނުވާނެ،" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ މިހެން ވިދާޅުވެފައިވާއިރު ހަމަހަމަކަމާއެކު އިންސާފު ގާއިމް ނުކުރެވޭ ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން އަލްއުސްތާޛު ޙުސައިން ޝަމީމު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.
މިދިޔަ މާރިޗް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަންބަރު 3840، އަޙްމަދު ޙުސައިނާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދެވެ.
މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޭގެއިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިހާލަތަށް ކަންތައްތައް ގޯސްވެގެންދާއިރު މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީ މަޑުން އޮވެގެން ނުވާނެ.
— Ibrahim Rasheed (@BondeM4) June 3, 2022
ގައުމާއި މުޖުތަމައުގެ ހައްގަށް ވުރެ ޑުރަގް ޑިީލަރުންގެ ހައްގަށް އިސްކަންދޭ ސަބަބާއި ގުޅޭ ގޮތުން ޕީޖީ ހާޒިރުކޮށް ސުވާލު ކުރަންޖެހޭ އަދި މަގާމުން ވަކިކުރަން ޖެހޭނަމަ ވަކި ކުރަންޖެހޭ . https://t.co/YMtnbcusDl
"މިހާލަތަށް ކަންކަން ގޯސްވެގެންދާއިރު މަޖިލީހުގެ ކަމާބެހޭ ކޮމެޓީން މަޑުން އޮވެގެން ނުވާނެ،" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ މިހެން ވިދާޅުވެފައިވާއިރު ހަމަހަމަކަމާއެކު އިންސާފު ގާއިމް ނުކުރެވޭ ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުން އަލްއުސްތާޛު ޙުސައިން ޝަމީމު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ވަނީ ފަށާފައެވެ.
މިދިޔަ މާރިޗް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކ. މާލެ، ދަފްތަރު ނަންބަރު 3840، އަޙްމަދު ޙުސައިނާއި ކ. މާލެ، މ. ނޫރުއް، ޢަބްދުﷲ ނަޝީދެވެ.
މިމައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގައި އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބި އެގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ. ލަވްނެސްޓަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތްކަންވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އޭގެއިތުރުން މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު