ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ގެންގުޅުއްވާ ކުޅިވަރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ މިހެން ވިދާޅުވީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފެއްޓެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޭސްތިރިކަމުގެ ދަށުން ކަމަށް، ނިއުގެ އާ ޗެއާމަންކަމަށް އިންތިޚާބު ކޮށްފައިވާ އަހްމަދު ވާސިފް ވިދާޅުވި ޚަބަރެއް ހިއްސާކުރައްވަމުންނެވެ.

އެ ޚަބަރަށް އިޝާރަތް ކުރަށްވައި މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަވުމުގައި ކުޅިވަރު މުހިއްމު ދައުރެއް އަދާކުރާ ކަަމަށެވެ. އަދި އެކަމުގައި ކުލަބު ޖަމިއްޔާތަކުގެ ދައުރު ބޮޑުކަން ރާއީ ފާހަގަކުރެއްވިއެވެ.

"އަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސް ސޯލިހްގެ ކުޅިވަރު ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ ކުރިމަގު އުޖާލާވާނެ." ރާއީ ވިދާޅުވިއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އާ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރު އޮތީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ފަހަތުގައި ކަމަށެވެ. ރައީސް ސާލިޙު ވަނީ ނިއު ރޭޑިއަންޓް ކޮޅަށް ޖެހުމުގެ މަސައްކަތް ކައިރިން ބައްލަވައި އިރުޝާދު ދެއްވުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ހަމަޖައްސަވާފައެވެ. ދާދިފަހުން ރައީސް ވަނީ ނިއުރޭޑިއަންޓް ވުޖޫދަށް ގެންނަން މަސައްކަތްކުރާ އެ ކުލަބުގެ އިސްބޭފުޅުންނާއި ބައްދަލުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ޙާމްބެ

06-Jun-2022

ދެންތިޔާވީ ރާއީ ތިބުނާ ގޮތުން ދެން އިޤްތިސާދު ކޮޅައް ޖަހާ ލެވުނީ ސާބަސް ސާބު


5

ލޮލް

06-Jun-2022

ސާބަހޭ ރައިސް ސޯލިހު ތިއަހަރުމެން ބޭވާރައީސްސަކީ