މި އަހަރު މުޅި ރާއްޖޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތް ކުރުމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ޖޫން 12 އަށް އިތުރުކޮށްފިއެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ މި ނިމުނު މެއި މަހުގެ ނިޔަލަށެވެ. ނަމަވެސް، މި މަސައްކަތަށް މާލެއަށް ބޭނުންވާ ވަރަށް މީހުން ހަމަނުވާތީ އެ މުއްދަތު އިތުރުކުރަން މޯލްޑިވްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިހާރުވަނީ ނިންމާފައެވެ.

ބެލެނިވެރިޔާގެ ހުއްދައާއިއެކު އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ބައިވެރިވެވޭގޮތަށް ހަމަޖައްސާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އޮންލައިންކޮށް އެޕްލައިކުރެވެއެވެ.

ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިންވަނީ ބުނެފައެވެ.

ރާއްޖޭގައި އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު