ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އަނެއްކާވެސް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) މަޖިލީހަށް ހުށައެޅުއްވި މީ ތިންވަނަ ފަހަރެވެ. މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ރައީސް ޞާލިޙު ވައުދުވެވަޑައިގެންނެވި ބަދަލުތައް ޖޭއެސްސީއަށް ގެނައުމަށް ޓޮމްވަނީ މަޖިލީހަށް ބިލް ހުށަހަޅުއްވާފައެވެ. ނަމަވެސް ދެ ފަހަރު މަތިންވެސް އެމްޑީޕީ މެންބަރުންގެ ތާއީދު އެ ބިލަށް ލިބިފައެއް ނުވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭއެސްސީގެ އެކުލެވުން ބަދަލުކޮށް އެ ކޮމިޝަނަކީ ތިން އަހަރުގެ ދައުރަކަށް ހޮވާ ކޮމިޝަނެއްކަމަށް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ނުހިމެނޭ ގޮތަށް ކޮމިޝަން ބައްޓަންކުރައްވާނެ ކަމަށް ރައީސް ޞާލިޙު އޭރު ވައުދުވެވަޑައިގެންފައިވެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު ޖޭއެސްސީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ބިއްސާކުރަށްވައި ޓޮމް ވިދާޅުވީ، ރައީސް ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތައް ހިމެނޭ ގޮތަށް ޖޭއެސްސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަންވާނެ ކަމަށް ތާރިގް ވިދާޅުވިއެވެ.
ތާރިގް މީގެ ކުރިން ހުށައެޅުއްވި ބިލްގައި ޖޭއެސްސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި ނުވަ މެމްބަރުންގެ ބަދަލުގައި އެ އަދަދު އަށަކަށް ތިރިކޮށް މެމްބަރުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް ހުށަައަޅުއްވާފައިވެއެވެ. އެބިލްގައި ބުނެފައިވަނީ ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލައިފައި އޮތުމުން އެ ކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި އަދި ގޮތް ކިއުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އިންސާފު ގާއިމުކުުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި އަދި މުސްތަގިއްލުކަަމަށް ހުރަސް އެޅޭ ކަމަށް ވެސް ޓޮމް މީގެ ކުރިން ހުށަހެޅުއްވި ބިލުގައިވެއެވެ.

ޖޭއެސްސީ އެކުލަވާލުމަށް ރައީސް ސޯލިހު ވިދާޅުވި ވައުދުތައް ހިމެނޭ ބިލް، އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފިން. ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދަވަންވާނެ. @ibusolih @MohamedNasheed @prz_ymn pic.twitter.com/SQc2XW80GB
— Ahmed Thariq (@AhmedThaariq) June 4, 2022
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު ޖޭއެސްސީއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ބިއްސާކުރަށްވައި ޓޮމް ވިދާޅުވީ، ރައީސް ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތައް ހިމެނޭ ގޮތަށް ޖޭއެސްސީއަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަންވާނެ ކަމަށް ތާރިގް ވިދާޅުވިއެވެ.
ތާރިގް މީގެ ކުރިން ހުށައެޅުއްވި ބިލްގައި ޖޭއެސްސީގެ މެމްބަރުކަމުގައި މިހާރު ތިއްބެވި ނުވަ މެމްބަރުންގެ ބަދަލުގައި އެ އަދަދު އަށަކަށް ތިރިކޮށް މެމްބަރުން އެކުލެވޭ ގޮތަށް ބަދަލުކުރުމަށް ހުށަައަޅުއްވާފައިވެއެވެ. އެބިލްގައި ބުނެފައިވަނީ ގާނޫނު އަސާސީގައި މިހާރު އޮންނަ ގޮތަށް ޖޭއެސްސީ އެކުލަވާލައިފައި އޮތުމުން އެ ކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒާއި އަދި ގޮތް ކިއުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އިންސާފު ގާއިމުކުުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި އަދި މުސްތަގިއްލުކަަމަށް ހުރަސް އެޅޭ ކަމަށް ވެސް ޓޮމް މީގެ ކުރިން ހުށަހެޅުއްވި ބިލުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު