ގައުމެއް ބަނގުރޫޓްވަނީ ހަމައެކަނި ވެރިއެއްގެ އިހުމާލުން ނޫން ކަމަށް އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ ތަކާއި ގުޅިގެން އެމްޑީޕީގެ އިސްސަފުގައި ކުރިން ހަރަކާތްތެރިވި ނަފާ ނަސީމް ވިދާޅުވީ ގައުމެއް ބަނގުރޫޓްވަނީ ހަމައެކަނި ވެރިއެއްގެ އިހުމާލުން ނޫން ކަމަށާއި އެ ހިސާބަށް ދަނީ އެތަށް ޒަމާނެއް ވަންދެން އެތަށް ބަޔަކު އެތަށް ކަމެއް ގޯސްކޮށް ކުރުމުން ކަމަށެވެ. ވެރިކަމާއި ބާރާއި މުދަލަށްޓަކައި ކުދި ބޮޑު އެންމެން ހިންގި ޖަރީމާގެ ހިތި ފެންނާނެ ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއް ބަނގުރޫޓްވުމަކީ ހަމައެކަނި ބޭރުގެ ދަރަނި ނުދެއްކިގެންވާ ކަމެއް ނޫން ކަމަށެވެ.



"ހިސާބަށްވުރެ މީހުން ނުބައިވެ މުވައްސަސާތައް ރޫޅި އީމާންތެރިކަމާއި ވަފާތެރިކަން ނެތިގޮސް އަގުތައް ނެތުނީމާ ގައުމު އެތެރެއިން ބަނގުރޫޓްވެއެވެ. އެއީ މާހިތި ބަނގުރޫޓްވުމުކެެވެ." މީގެ ކުރިން އެމްޑީޕީގައި އިސްކޮށް ޙަރަކާތްތެރިވެ، ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ނަފާ ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ސަރުކާރުން ބުނަނީ ކުރިއަށް 2023 އަދި 2024 ގައިވެސް އެއްވެސް ދަތިކަމެއްނެތި ދަރަނި ދެއްކޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު މިސްރާބުގައި ކަމަށްވެސް ސަރުކާރުގެ އިސްފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ހަސަނު

06-Jun-2022

ނަސީމޫ ތިޔަކެމްޕޭނޫ ޖައްސައިގެން އުޅެނީ ކޮން ވަޒީފާއެއް ހޯދަން


2

އައިސް

06-Jun-2022

މައުމޫނު މަސްކައިކައިފަ ވެރިކަމަށް އައީ އެބޭ ކޮނޑަށް ސަވާރުވެގެން


-2

ބޮޑު އަލީ

06-Jun-2022

އާމްދަނީ އިތުރުކޮށް ދަރަނި ދައްކާނެ އިތުރު ގޮތްތައް ހޯދުމުގެ ގާބިލުކަން ހުރި ތަނެއް ނުފެނޭ . ދަރަނި ދައްކަން ދަރަނި/ލޯނު ނަގަނީ.


2

ރައްޔިތުން

06-Jun-2022

ބަގުރޫޓް ވުމުގެ ޒިންމާގެ އެންމެ ބޮޑު ދައުރެއް އޮތީ ޑްރަގް އެތެރެކުރާ މީހުންގެ އަތްމަތީގް