ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފުވައްމުލަކުގައި ތަރައްގީ ކުރަންފެށި ޓޭބަލްޓެނިސް ސެންޓަރުގެ މަސައްކަތްތައް ނިންމާލައިފިއެވެ.
ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް މިއަދު ވިދާޅުވީ، ފުވައްމުލަކުގައި ތަރައްގީކުރަން ފެށި ޓީޓީ ސެންޓަރުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އެ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.
މަޚްލޫފް ވިދާޅުވީ، މިއީ މާލޭން ބޭރުގައި، އަތޮޅު ތެރޭގައި ގާއިމު ކުރެވުނު ފުރަތަމަ ޓީޓީ ސެންޓަރު ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މި ސެންޓަރުގައި ބިދޭސީ ކޯޗަކާއިއެކު ތަމްރީނު ޕްރޮގްރާމްތައް ހިންގަން ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ގާއިމު ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެހެންކަމުން މިއީ ކުރު މުއްދަތެއްގައި ގާއިމުކޮށް ނިންމާލި ސެންޓަރެއްކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ހުރިހާ ދާއިރާއަކުން ވެސް ރާއްޖެ ލާމަރުކަޒު ކުރުން ކަމަށްވާއިރު، ކުޅިވަރުގެ ދާއިރާއިން ވެސް އަތޮޅުތެރޭގައި ވަސީލަތްތައް ގާއިމު ކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުޅިވަރު ފުޅާކުރުމުގެ ސިޔާސަތުގެދަށުން،ފުވައްމުލަކުގައި ގާއިމްކުރާ ޓީޓީ ސެންޓަރު ގެ މަސައްކަތްމިވަނީ ނިމިފަ.
— Ahmed Mahloof (@AhmedMahloof) June 4, 2022
މިއީ މާލޭ ނޫން އެހެން ރަށެއްގައި ގާއިމްކުރެވޭ ފުރަތަމަ ޓީޓީ ސެންޓަރު. ބިދޭސީ ކޯޗަކާއެކު މިސެންޓަރުގައި ތަމްރީންތައް ކުރިއަށް ގެންދެވޭނެ.🇲🇻🏓 pic.twitter.com/jvqYSaz7gz
ފުވައްމުލަކުގައި ޓީޓީ ސެންޓަރެއް ގާއިމު ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެހެންކަމުން މިއީ ކުރު މުއްދަތެއްގައި ގާއިމުކޮށް ނިންމާލި ސެންޓަރެއްކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ ހުރިހާ ދާއިރާއަކުން ވެސް ރާއްޖެ ލާމަރުކަޒު ކުރުން ކަމަށްވާއިރު، ކުޅިވަރުގެ ދާއިރާއިން ވެސް އަތޮޅުތެރޭގައި ވަސީލަތްތައް ގާއިމު ކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު