ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، ދައުވާ އުފުލާފައިވާ މީހުން، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް މިއަދު ހުށައަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށާފައިވަނީ ހެނދުނު 10 ޖެހިއިރުއެވެ. މިދިޔަ އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް މައްޗަށެވެ.
ބޮން ގޮއްވުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް ކުށް ސާބިތުވެ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެމައްސަލައިގެ ދައުވާ ލިބޭ އިތުރު މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައަޅާ ނިމިފައިވަނީ މިރޭ 8 ވެސް ޖެހިފަހުންނެެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ކުރިއަށް ގެންގޮސްފައިވާއިރު އެންމެ ފުރަތަމަ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅީ ދައުލަތުގެ ފަރާތުންނެެވެ. އެއަށްފަހު ދައުލަތުން ހުށައެޅި ހުށައެޅުންތަކަށް މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ދިފާއުން ވަނީ ރައްދު ދީފައެވެ.
މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ދެ ފަރާތުން ވެސް ހެކިންނާ ގުޅޭ ގިނަ ހުށަހެޅުންތައް ވަނީ ހުށައަޅާފައެވެ. އެގޮތުން ސިއްރުން ހެކިބަސް ނެގުމާއި ސިއްރު ހެކިންނާ ގުޅޭގޮތުން ގިނަ މައްސަލަތައް ދައުވާލިބޭ މީހުންނާއި ދައުލަތުގެ ފަރާތުން ޝަރީއަތަށް ހުށައެޅިއެވެ.
މީގެ އިތުރުން ދިފާއީ ވަކީލުން ވަނީ ބައެއް ލިޔުންތައް ސިއްރު ކޮށްފައި އޮތުމުން ދިފާއުވާން ހުރަސް އެޅޭ ކަމަށް ބުނެ އެކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފައެވެ. އެހެންކަމުން ނަންތައް އުނިކުރުމަށް ފަހު ވިޔަސް، ސިއްރު ހެކިންގެ ބަޔާންތައް ބެލުމުގެ ފުރުސަތު ދޭން ވަކީލުން ވަނީ އެދިފައެވެ.
މިމައްސަަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމެވުމަށް މި ޖޫން މަހުގެ 9 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިއްމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު