މި އަހަރު ދުނިޔޭގެ ތިމާވެށި ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް މިއަދު ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިޔަ "ނޯ ވެހިކަލް އަވަރ" ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
އެންވަރަޔަމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ބައިސްކަލު ބުރުގައި ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހުގައި އެންވަރަޔަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި ފުވައްމުލައް ސިޓީ މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ފުވައްމުލަކަށް އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި، ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި، ފުވައްމުލައް ސިޓީގައި ސަރުކާރުން ގާއިމު ކުރި ޓޭބަލް ޓެނިސް ހޯލުގެ އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު