މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ގާއިމްކޮށްފައިވާ ކޮންސިއުމާ އޮމްބަޑްސްމަން އޮފީހުގެ ވެބްސައިޓު އިފްތިތާހުކޮށްފިއެވެ.
ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤާނޫނީ އިދާރާއެކެވެ. މި ޤާނޫނު ތަޞްދީޤުކޮށް، މި ޤާނޫނަށް ޢަމަލުކުރަން ފެށީ، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.
ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް 31 އޯގަސްޓް 2021ގައި އައްޔަންކޮށްފައިވަނީ މަރިޔަމް ޝަމްއާއެވެ.
ކޮންސިއުމާ އޮމްބަޑްސްމަންޕާސަންގެ އޮފީހުން ބުނީ އެ އޮފީހުގެ ވެބްސައިޓު ތައާރަފް ކުރީ އެ އޮފީހަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅޭނެ ފަސޭހަ ގޮތެއް ގާއިމްކޮށް، މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ގާނޫނުގެ ދަށުން ކޮންސިއުމާ އޮމްބަޑްސްމަންގެ ވާޖިބަކީ މުދާ ގަންނަ ފަރާތެއް ނުވަތަ ހިދުމަތެއް ހޯދާ ފަރާތެއްގެ ހައްގު ގެއްލިއްޖެ ހާލަތެއްގައި ބަދަލު ނަގައިދިނުމާއި ގާނޫނު ހިލާފުވާ ފަރާތްތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ހުށަހެޅޭ ޝަކުވާތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމެވެ.
މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާއި ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކުރުމެވެ.
މި ޤާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ ވާޖިބަކީ، މުދާ ގަންނަ ފަރާތެއް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ނިގުޅައިގެންފައިވާ ޙާލަތެއްގައި ނުވަތަ އެ ޙައްޤުތަކަށް އުނިކަމެށް ލިބޭ ޙާލަތެއްގައި އެ މައްސަލަތައް ބަލައި މުދާ ގަންނަ ފަރާތްތަކަށް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭ ޙާލަތުގައި ބަދަލު ނަގައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު